އިންޓަ މިލާނަށް ކުޅެމުން އަންނަ މެހްދީ ތަރޭމީ، އިރާނުގައި ތާށިވެފައި ހުރުމުން އޭނާއަށް ކްލަބު ވޯލްޑް ކަޕް ގެއްލިދާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
އިރާނާއި އަނިޔާވެރި އިޒްރޭލާ ދެމެދު ހަމަލާތައް ބަދަލުކުރަމުންދާ އިރު، އިރާނުގެ ވައިގެ ސަރަހައްދު ވަނީ ހުކުރު ދުވަހުން ފެށިގެން ބަންދު ކޮށްފައެވެ.
ތަރޭމީ، އިރާން ގައުމީ ޓީމާއެކު އުތުރު ކޮރެއާއާ ދެކޮޅަށް ކުޅުނު ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗަށްފަހު އެނބުރި އިޓަލީއަށް ދާން އޮތީ ހުކުރު ދުވަހު ނަމަވެސް، އޭނާއަށް އެކަން ކާމިޔާބެއް ނުވިއެވެ. ކޮލިފިކޭޝަން މެޗުގައި ކޮރެއާ ކައިރިން އިރާން 3-0 އިން މޮޅުވެފައިވާ އިރު، ތަރޭމީއަކީ އިންޓައަށްވެސް ބޭނުންތެރި ފޯވަޑެކެވެ.
މިދިޔަ ސީޒަނުގައި އޭނާ ވަނީ އެ ކްލަބަށް 43 މެޗު ކުޅެފައެވެ. އެ މެޗުތަކުގައި އޭނާ ތިން ގޯލު ޖަހައިދީފައިވާ އިރު، އިންޓަ ސްކޮޑު މިވަގުތު ތިބީވެސް އެމެރިކާގައެވެ.
އިންޓައިން ކްލަބު ވޯލްޑް ކަޕުގައި ކުޅޭ ފުރަތަމަ މެޗުގައި މެކްސިކޯގެ މޮންޓެރޭއާ ދެކޮޅަށް ޕެސެޑީނާގައި ނުކުންނާނީ އަންގާރަ ދުވަހުއެވެ.
އިންޓަ މިލާން
އިންޓަ މިލާން
އިންޓަ މިލާން
އިންޓަ މިލާން