މެންޗެސްޓާ ސިޓީން ރަޔަން ޗެރްކީއާއި ޓިޖާނީ ރެއިންޑާސްގެ ސޮއި ހޯދައި، ރަސްމީކޮށް ޓްރާންސްފާ އިއުލާނުކޮށްފިއެވެ.
އޭސީ މިލާނަށް ކުޅެމުން ދިޔަ ނެދަލޭންޑްސްގެ ރެއިންޑާސް ސިޓީއަށް ސޮއިކޮށްފައިވަނީ 46.5 މިލިއަން ޕައުންޑްގެ އަގަކަށެވެ. އެއީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ.
އުމުރުން 26 އަހަރުގެ ރެއިންޑާސް ޓްރާންސްފާ ސިޓީން މިއަދު އިއުލާނު ކޮށްފައިވާ އިރު، އޭނާއަށް ކްލަބު ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު އެބައޮތެވެ. އެއީ ކަނޑައެޅިފައިވާ ވަގުތުގެ ކުރިން ސިޓީން ޓްރާންސްފާ ނިންމާފައިވާތީއެވެ.
ރެއިންޑާސް މިހާތަނަށް ގައުމީ ޓީމަށް 23 މެޗު ކުޅެފައިވާ އިރު، މިދިޔަ ސީޒަނުގައި މިލާނަށް ކުޅުނު 54 މެޗުގައި 15 ގޯލު ޖެހިއެވެ. އޭނާއަކީ މިދިޔަ ސީޒަނުގައި އިޓަލީ ލީގުގެ އެންމެ މޮޅު މިޑްފީލްޑަރެވެ.
ބެލެވޭ ގޮތުގައި ސިޓީން ރެއިންޑާސް ގެންދިޔައީ އެޓީމުގެ މުހިއްމު މިޑްފީލްޑަރު، ބެލްޖިއަމްގެ ކެވިން ޑި ބްރޭނާ ނެތްތަން ފޫބެއްދުމަށެވެ.
އޭގެ އިތުރުންވެސް ރަޔާން ޗަރްކީގެ ސޮއިވެސް ސިޓީން ވަނީ ހޯދައިފައެވެ. ލިޔޯންއަށް ކުޅެމުންދިޔަ ޗަރްކީއަމީ މިހާރު ޔޫރަޕްގެ އެންމެ އުންމީދީ އެއް އެޓޭކިން މިޑްފީލްޑަރެވެ.
އުމުރުން 21 އަހަރުގެ ފްރާންސް މިޑްރީލްޑަރު ޗެރްކީ ސިޓީއަށް ސޮއިކޮށްފައިވަނީ 30.45 މިލިއަން ޕައުންޑްގެ އަގަކަށެވެ.
ލިޔޯންއަށް 200 މެޗު ކުޅެފައިވާ ޗެރްކީ ފްރާންސަށް ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުގައި ގޯލު ޖަހާފައިވާ އިރު، އޭނާއަށްވެސް ކްލަބު ވޯލްޑް ކަޕްގައި ކުޅެވޭނެއެވެ.
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ