އިންގްލެންޑުން ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި ސެނެގާލް ކައިރިން ބަލިވެއްޖެއެވެ.
އަމިއްލަ ގައުމުގެ ނޮޓިންހަމްފޮރެސްޓް ދަނޑުގައި އިންގްލެންޑުން ރޭ ސެނެގާލް ކައިރިން ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. އެ ބައްޔަކީ އިންގްލެންޑުން އެފްރިކާ ޓީމެއް ކައިރިންވި ފުރަތަމަ ބައްޔެވެ. އެއީ 22 މެޗުގެ ތެރެއިންނެވެ.
ސެނެގާލުން އެންމެފަހުން ކުޅުނު ބައިނަލްއަގުވާމީ 24 މެޗުންވެސް ބަލިވެފައި ނުވާ އިރު، އިންގްލެންޑަށް މިއީ އެންމެ ފަސޭހަ ވަގުތެއް ނޫނެވެ. ތޯމަސް ޓުޗެލްއާއެކު އެޓީމުން މަސައްކަތް ކުރަމުންދާ އިރު، ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އެންމެފަހުން އެންޑޯރާ ކައިރިން މޮޅުވީވެސް 1-0 އިންނެވެ.
ރޭގެ މެޗު އިންގްލެންޑުން ވަރުގަދަކޮށް ފަށައިގެން ހަތްވަނަ މިނެޓުގައި ލީޑު ނެގިއެވެ. އެންތޮނީ ގޯޑަން ޖެހި ބޯޅަ ސެނެގާލްގެ ކީޕަރު އެޑުއާޑް މެންޑީ އަތުގައި ޖެހިފައި ވެއްޓުމުން ބޯޅަ ގޯލަށް ވައްދާލީ ހެރީ ކޭންއެވެ.
އޭގެފަހުން ސެނެގާލުން މެޗަށް ވަދެ، ހާފު ނިމުމުގެ ކުރިން އެއްވަރުކުރިއެވެ. އެ ގޯލަކީ 40 ވަނަ މިނެޓުގައި ނިކޮލަސް ޖެކްސަންގެ ހުރަހަކުން އިސްމާއީލާ ސާ ޖެހި ގޯލެކެވެ.
ދެވަނަ ހާފަށް ނުކުމެ ސެނެގާލުން ނުރައްކާ ބޮޑުކުރި އިރު، ހަބީބް ޑިއާރާއާއި ޝެއިހް ސަބަލީ ޖެހި ގޯލުތަކުން ސެނެގާލުން މޮޅު ޔަގީންކުރިއެވެ.
ފީފާ ފްރެންޑްލީސް
ފީފާ ފްރެންޑްލީސް
ފީފާ ފްރެންޑްލީސް
ފީފާ ފްރެންޑްލީސް