ޕަރަގުއާއީ ކައިރިން ހޯދި މޮޅާއެކު ބްރެޒިލުން 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެއެވެ.
ބްރެޒިލުން ރޭ އަމިއްލަ ދަނޑުގައި ޕަރަގުއާއީ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަކީ ބްރެޒިލުން އާ ކޯޗު ކާލޯ އެންޗެލޮޓީގެ އިރުޝާދުގެ ދަށުން ކުޅުނު ދެވަނަ މެޗެވެ. އޭނާއާއެކު ކުޅުނު ފުރަތަމަ މެޗުގައި ބްރެޒިލުން އެކުއެޑޯ ކައިރިން އެއްވަރުވީ 0-0 އިންނެވެ.
ބްރެޒިލަށް ވޯލްޑް ކަޕް ކޮލިފިކޭޝަން ޔަގީންވީ 16 މެޗުން 25 ޕޮއިންޓާއެކު ތިންވަނައަށް ޖެހިލައިގެންނެވެ. ޖުމުލަ 10 ޓީމާއެކު ދެކުނު އެމެރިކާގެ ކޮލިފިކޭޝަން މެޗުތައް ލީގު އުސޫލުން ކުޅެމުންދާ އިރު، ބްރެޒިލްގެ އިތުރުން އާޖެންޓީނާ އަދި އެކުއެޑޯއަށްވެސް މިހާރު ވަނީ ކޮލިފިކޭޝަން ޔަގީންވެފައެވެ.
އެކުއެޑޯއިން ރޭ ކުޅުނު މެޗުގައި ޕެރޫ ކައިރިން 0-0 އިން އެއްވަރުކުރި އިރު، އެއްވަނައިގައި އޮތް އާޖެންޓީނާވެސް ވަނީ ކޮލަމްބިއާ ކައިރިން 1-1 އިން އެއްވަރުވެފައެވެ.
ބްރެޒިލުން ރަނގަޅު ޓެމްޕޯއެއްގައި ރޭގެ މެޗު ކުޅެފައިވާ އިރު، ފުރަތަމަ ހާފު ނިމެން ދަނިކޮށް އެޓީމަށް ގޯލު ޖަހައިދިނީ ވިނީޝިއަސް ޖޫނިއާއެވެ. މަތެއަސް ކޫންޔާ ނަގައިދިން ހުރަހަކުން ވިނީޝިއަސް އެ ގޯލު ޖެހީ އޭރިއާ ތެރެއިން، މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.
ރޭގެ މެޗަށްފަހު ވިނީޝިއަސް ބުނީ އާ ކޯޗަށް ވަގުތު ދީގެން ބްރެޒިލަށް ވޯލްޑް ކަޕުގައި ކާމިޔާބު ހޯދި ދާނެ ކަމަށާއި، މަޑުމަޑުން ޓީމު ރަނގަޅުވަމުންދާނެ ކަމަށެވެ.
ވިނީޝިއަސްއަކީ އެންޗެލޮޓީއާއެކު ރެއާލް މެޑްރިޑްގައިވެސް ގިނަ މަސައްކަތްތަކެއް ކުރި ކުޅުންތެެރިއެކެވެ.
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން