ގައުމީ ޓީމުގެ ނަތީޖާތައް ދަށްވުމުން އެކަމަށް މައާފަށް އެދި، ކޯޗު އަލީ ސުޒޭން މަގާމުން އިސްތިއުފާ ދީފިއެވެ.
ސުޒޭން މަގާމުން އިސްތިއުފާ ދިނީ ރާއްޖެއިން އޭޝިއަން ކަޕްގެ ކޮލިފިކޭޝަންގައި މިއަދު، ޓިމޯ ލެސްޓާ ކައިރިން 1-0 އިން ބަލިވި މެޗަށްފަހުއެެވެ.
"އަހަރެން މިވަގުތު ގައުމީ ޓީމާއެކު ހޭދަކުރަމުން މިދަނީ އުނދަގޫ ވަގުތުތަކެއް. އަހަރެން ގަބޫލުކުރާ ގޮތުގައި މިއީ އަހަންނަށް ގައުމީ ޓީމާ ދުރަށް ޖެހިލަން ޖެހޭ ވަގުތު. އަހަންނަށް ހީވަނީ މިހާރު ދެން އިތުރު މީހަކަށް މި ފުރުސަތު ދޭން ޖެހޭ ކަމަށް. އަހަރެން ފުޓުބޯޅަ އާއިލާގެ ފަރާތުން މައާފަށް އެދެން. މިއީ އަހަންނަށްވެސް ގަބޫލުކުރަން އުނދަގޫ ނަތީޖާއެއް. އަހަރެން ޖެހޭނީ ނަތީޖާތަކުގެ ޒިންމާ ނަގަންވެސް،" ސުޒޭން ޕޯސްޓް މެޗު ޕްރެސްގައި ބުންޏެވެ.
ގައުމީ ޓީމުން އެންމެފަހުން ކުޅުނު ފަސް މެޗުންވެސް ބަލިވެފައިވާ އިރު، އެއީ، އެކުވެރިކަމުގެ މެޗުތަކުގައި ބަންގްލަދޭޝާއި އިންޑިއާ އަދި ސިންގަޕޫރާ ދެކޮޅަށް ކުޅުނު މެޗުތަކުގެ އިތުރުން ކޮލިފައިންގައި ފިލިޕީންސާއި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅުނު މެޗުތަކުންނެވެ. މިއަދު ރާއްޖެ ކައިރިން މޮޅުވި ޓީމޯ ލެސްޓޭއަކީ ފީފާ ރޭންކިންގެ 197 ވަނައިގައި އޮތް ގައުމެކެވެ.
ކޯޗު ސުޒޭންއަކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗެވެ. ނެދަލެންޑްސްގެ މާޓިން ކޫޕްމަން އަދި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯއާއެކުވެސް ސުޒޭން ގައުމީ ޓީމާއެކު މަސައްކަތްކޮށްފައިވާ އިރު، ކޫޕްމަން ވަކިކުރުމުން 2021 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގައިވެސް ގައުމީ ޓީމުގެ ހެޑް ކޯޗަކަށް ހުރީ ސުޒޭނެވެ.
އޭގެފަހުން 2023 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގައި މޮރިއޭރޯގެ އެސިސްޓެންޓަކަށް ހުރި ސުޒޭން ހެޑް ކޯޗުކަމާ ހަވާލުވީ މޮރިއޭރޯ މަގާމުން ވަކިކުރި ހިސާބުންނެވެ.
އޭގެފަހުން ބަންގުލަދޭޝްއާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ރާއްޖޭގެ ޓީމުން ކުޅުނު އިރު، އޭގެ ތެރެއިން އެއް މެޗުން ރާއްޖެ މޮޅުވިއެވެ.
ސުޒޭން މިފަހަރުގެ ކޮލިފިކޭޝަން މެޗުތަކަށް ގައުމީ ޓީމާއެކު ނުކުތީ އުނދަގޫ ހާލަތެއްގައި ޓީމު އޮއްވައެވެ.
އަލީ ސުޒެއިން
އަލީ ސުޒެއިން
އަލީ ސުޒެއިން
އަލީ ސުޒެއިން
ސުޒޭނަކީ ކުޅިވަރުގެ ދާއިރާގައި ވަރަށް ކާމިޔާބު ޚިދުމަތްތެރި ބޭފުޅެއް. ނަމަވެސް އެ ނިންމެވި ނިންމެވުމަކީ ނަމޫނާ ނިންމެވުމެއް. ސުޒޭންގެ ޚިދުމަތަށް ޝުކުރިއްޔާ.
ބަޗީ - 1 އަހަރު ކުރިން