ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކޯޗުކަމުން ދުރަށް ޖެހިލައި، އަލީ ސުޒޭން އެ ކްލަބުގެ ޓެކްނިކަލް ޑިރެކްޓަރުގެ ޒިންމާއާ ހަވާލުވެއްޖެއެވެ.
ނިއު ރޭޑިއަންޓުން ބުނެފައި ވަނީ ކޯޗުކަމުގައި ސުޒޭން، ކްލަބަށް ކޮށްދީފައިވާ ހިދުމަތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ކޯޗުކަން ސުޒޭން ދުރަށް ޖެހިލީ އާއިލީ ކަމެއް ދިމާވުމުން ކަމަށެވެ. އެއާއެކު ނިއު ރޭޑިއަންޓުން ބުނީ އެ ކްލަބުގެ ޓެކްނިކަލް ޑިރެކްޓަރެއްގެ ރޯލުގައި ސުޒޭން، ކްލަބުގެ މެނޭޖުމަންޓާ ގާތުން މަސައްކަތް ކުރާނެ ކަމަށެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު ސުޒޭން ނިއު ރޭޑިއަންޓާ ހަވާލުވީ މި ސީޒަންގެ ތެރެއިންނެވެ. އެ ކްލަބު ލީގުގެ ތިންވަނައިގައި ނިންމާލި އިރު، ޕްރެސިޑެންޓްސް ކަޕުން ކެޓީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކައިރިން ސެމީ ފައިނަލުގައި ބަލިވެގެންނެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު ސުޒޭން މީގެ ކުރިން ނިއު ރޭޑިއަންޓްސްގެ ވާދަވެރި ކްލަބުތަކާއެކު ކާމިޔާބީތައް ހޯދާފައިވާ އިރު، ނިއުއާއެކު ތަށްޓެއް ހޯދާފައެއް ނުވެއެވެ.
ނިއުއިން ސުޒޭން ޓެކްނިކަލް ޑިރެކްޓަރުކަށް ބަދަލުވިކަން އިއުލާނުކުރުމަށް އޭގެފަހުން އިއުލާނުކުރީ ކުރިން އެ މަގާމުގައި ހުރި ސްޕެއިންގެ ތަޖުރިބާކާރު ކޯޗު ފްރެންސިސްކޯ މެނުއަލް ކައީންޒޮސްއާ (އަންދުރޭ) ޓީމުގެ ހެޑް ކޯޗުކަން ހަވާލުކުރަން ނިންމާފައިވާ ކަމަށެވެ.
ނިއުއިން ބުނީ އަންދުރޭއަކީ ފުޓުބޯޅައިގެ ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ކޯޗެއް ކަމަށާއި، އެ ކްލަބު އަލުން ކާމިޔާބީގެ މަގަށް ގެންދަން އޭނާގެ ތަޖުރިބާ ބޭނުން ކުރެވޭނެ ކަމަށެވެ.
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު