ޕޮލިސް ކޮމިޝަނަރު ކަމަށް ޑެޕިއުޓީ ކޮމިޝަނަރުކަމުގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މިއަދު އައްޔަންކޮށްފި އެވެ.
އެމަގާމަށް ނަވީން އައްޔަންކުރިކަން "ވަން"އަށް ވަނީ ކަށަވަރުވެފައެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި އަލީ ޝުޖާއު މިއަހަރުގެ އޭޕްރީލް މަހުގެ 26 ގައި މަގާމުން އިސްތިއުފާ ދެއްވައި، ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.
ނަވީންގެ އިތުުރުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީގެ އިތުރުން ސައުތު ޕޮލިސް ކޮމާންޑަރު، އެސިސްޓަންޓް ކޮމިޝަނަރު އަހުމަދު ޝަމީމްވެސް އެ މަގާމަށް ކުރިމަތިލެއްވި އެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެ ތިން ބޭފުޅުންނާ ވެސް އިންޓަވިއުކޮށް، ނިންމުމަށްފަހު ޕޮލިސް ބޯޑުން ނިންމީ ތިން ބޭފުޅުންގެ ވެސް ޝަރުތު ހަމަވާ ކަމަށެވެ.
އާއިޝަތު މާހާ
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު