ރެއާލް މެޑްރިޑަށް ކުޅެމުންދާ ޖޫޑް ބެލިންހަމްގެ ކޮއްކޮ، ޖޯބް ބެލިންހަމް ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމުންޑަށް ސޮއިކޮށްފިއެވެ.
ޖޯބް ބެލިންހަމް 2023 ވަނަ އަހަރުން ފެށިގެން ކުޅެމުން ގޮސްފައި ވަނީ ސަންޑަލޭންޑަށެވެ. އެޓީމާއެކު މޮޅަށް ކުޅެމުންދާ ޖޯބް ބެލިންހަމް، ސަންޑަލޭންޑް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދޭން މިދިޔަ ސީޒަނުގައި މުހިއްމު ރޯލެއް އަދާކުރިއެވެ. އެ ތަފާތާއެކު ޖޯބް ބެލިންހަމްއަށް ދިޔައީ ޔޫރަޕްގެ ވަރުގަދަ ކްލަބުތަކުން ލޯ އަޅަމުންނެވެ.
ބާމިންހަމްއިން ކެރިއަރު ފެށި ޖޯބް ބެލިންހަމް، 19، ޑޯޓްމުންޑަށް ސޮއިކޮށްފައި ވަނީ 26.96 މިލިއަން ޕައުންޑްގެ އަގަކަށެވެ. އޭގެ އިތުރުން 4.2 މިލިއަން ޕައުންޑްގެ ބޯނަސްއެއްވެސް ޓްރާންސްފާއަށް ޑޯޓްމުންޑުން ދައްކާފައިވެއެވެ.
މިދިޔަ ސީޒަނަކީ ޑޯޓްމުންޑަށް އުނދަގޫ ސީޒަނެއް ނަމަވެސް، އެޓީމުން ނިންމާލީ ރަނގަޅު ފޯމެއްގައެވެ. ކުރިއަށް އޮތް ކްލަބު ވޯލްޑް ކަޕަށް އެޓީމުން ތައްޔާރުވަމުންދާ އިރު، މާދަމާގެ ކުރިން ޑީލް ނިމިއްޖެނަމަ ޖޯބް ބެލިންހަމްއަށް މުބާރާތުގައި ކުޅެވޭނެއެވެ.
ޖޯބް ބެލިންހަމްގެ ބޭބެ ޖޫޑް ބެލިންހަމްވެސް ޔޫރަޕަށް ވިދާލީ ޑޯޓްމުންޑުންނެވެ.
ބޮރޫޝިއާ ޑޯޓްމަންޑް
ބޮރޫޝިއާ ޑޯޓްމަންޑް
ބޮރޫޝިއާ ޑޯޓްމަންޑް
ބޮރޫޝިއާ ޑޯޓްމަންޑް