ޖަރުމަނު ލީގުގައި ރޭ ބަޔާން މިއުނިކުން ކުޅުނު މެޗުގައި ބްރޫޝިއާ ޑޯޓްމުންޑުވެސް ބަލިކޮށް، އެޓީމުން ލީގުގައި މޮޅުވުގެ ރެކޯޑު ދަމަހައްޓައިފިއެވެ.
ބަޔާނުން ރޭ އަމިއްލަ ދަނޑުގައި ޑޯޓްމުންޑް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް މި ސީޒަނުގެ ލީގުގައި ބަޔާނުން ކުޅުނު ހަތް މެޗުންވެސް އެޓީމު މޮޅުވެފައިވާ އިރު، އެޓީމަށް ވަނީ 21 ޕޮއިންޓް ލިބިފައެވެ. އޭގެ އިތުރުން މިހާތަނަށް ސީޒަނުގެ ހުރިހާ މުބާރާތެއްގައި ކުޅުނު 11 މެޗުންވެސް ބަޔާން ވަނީ މޮޅުވެފައެވެ.
ލީގުގެ ދެވަނައިގައި އޮތް އާރްބީ ލެއިޕްޒިގަށް ހަތް މެޗުން 16 ޕޮއިންޓް ލިބިފައިވާ އިރު، ބަޔާން އެއްވަނައިގައި އޮތީ ފަސް ޕޮއިންޓްގެ ލީޑަކާއެކުގައެވެ.
ބަޔާނުން މެޗު ފެށީ ވަރުގަދަ ކޮށެވެ. މެޗުގެ ކުރީކޮޅުގައި ހެރީ ކޭން ވަނީ ބަޔާނަށް ލީޑު ނަގައިދީފައެވެ. މިހާތަނަށް މިސީޒަނުގެ ލީގުގައި ޖަހައިދިން 12 ވަނަ ގޯލާއެކު ކޭން ބަޔާނަށް ލީޑު ނަގައިދިން އިުރ، މިހާތަނަށް މި ސީޒަނުގައި ކުޅުނު 14 މެޗުން އޭނާ ވަނީ 22 ގޯލް ޖަހައިދީފައެވެ.
ދެވަނަ ހާފުގައި ޑޯޓްމުންޑުން ނުރައްކާ ބޮޑުކުރި ނަމަވެސް، 79 ވަނަ މިނެޓުގައި މައިކަލް އޮލީސޭ ޖެހި ގޯލުން ބަޔާން ވަނީ ނަތީޖާ ޔަގީންކޮށްފައެވެ.
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ