ވާދަވެރި ބްރޫޝިއާ ޑޯޓްމަންޑް ބަލިކޮށް، ބަޔާން މިއުނިކުން ޖަރުމަނު ފްރާންޒް ބެކެންބާއޫ ސުޕަ ކަޕް އުފުލާލައިފިއެވެ.
ރޭ ޑޯޓްމަންޑުގައި ކުޅުނު މެޗުގައި ބަޔާނުން ޑޯޓްމަންޑް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ޖަރުމަނު ލީގު ފެށެން ހަފުތާއަކަށްވެފައިވާ އިރު، ރޭ ބަޔާނުން ހޯދި މޮޅުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ މައިކަލް އޮލީސޭއެވެ. އޭނާ ވަނީ މެޗުގައި އެސިސްޓެއް ފުރިހަމަކޮށް، ގޯލެއްވެސް ޖަހައިފައެވެ.
ނެތަނިއަލް ބްރައުން، 28 ވަނަ މިނެޓުގައި ބަޔާނަށް ލީޑު ނަގައިދިނީ އޮލީސޭ ތަނަވަސްކޮށްދިން ފުރުސަތުގައެވެ. އެއީ ދެޓީމުންކުރެ އެއްވެސް ޓީމަކުން މެޗުގައި އުފެއްދި ފުރަތަމަ ހަމަލާއެވެ. އޭގެ އިރުކޮޅެއްފަހުން ޖޯޝުއާ ކިމިކް އުފެއްދި ހަމަލާ ގްރެގޯ ކޮބެލް މަތަކޮށް ބޭރުކޮށްލި އިރު، ބަޔާނުން ފުރަތަމަ ހާފު ޑޮމިނޭޓް ކުރިއެވެ.
ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އޮލީސޭ ޖަހައިދިން ގޯލާއެކު ބަޔާނުން ލީޑު ފުޅާވެސް ކުރިއެވެ.
ދެވަނަ ހާފުގައި ޑޯޓްމަންޑުން ކުޅުން އިތުރަށް ރަނގަޅުކުރި އިރު، ކޮންސްޓަންޓީނޯސް ކަރެޓްސާސް ދެވަނަ ހާފުގައި ފޮނުވާލި ހަމަލާ މަތަކުރީ މެނުއަލް ނޯޔާއެވެ. ބަދަލުތަކާއެކު ކުޅުން ރަނގަޅުކުރި އިރު، މެޗުގެ 75 ވަނަ މިނެޓުގައި ފަބިއޯ ސިލްވާ ވަނީ ޑޯޓްމަންޑަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.
މެޗު ނިމެން ދަނިކޮށް، 90 ވަނަ މިނެޓުގައި ޑޯޓްމަންޑްގެ ރެމީ ބެންސެންބައިނީއަށް ރަތް ކާޑު ދެއްކުމުން އެޓީމުން ނިންމާލީ ކުޅުންތެރިޔަކު މަދުކޮށެވެ.
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ކޮމެންޓް