ލ. ގަމުގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މިރޭ ބުނީ ލ. ގަން ލިންކް ރޯޑުގައި އުތުރުން ދެކުނަށް ދުއްވާފައިދިޔަ ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓްވެފައިވާ މައްސަލަ މިރޭ 7:03 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ މީހުންނަށް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން ސައިކަލް ދުއްވަން އިން 44 އަހަރުގެ ދިވެހި ފިރިހެން މީހާގެ ކަނާތު ފައިގެ ދެ ތަނަކުން ބިނދި، ބޯ ފެޅި، އިތުރު އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ސައިކަލުގެ ފަހަތުގައި އިން 44 އަހަރުގެ ދިވެހިން ފިރިހެން މީހާގެ ބޯ ދެ ތަނަކުން ފެޅި، ކަނާތު ފައި ދެ ތަނަކުން ބިނދި އިތުރަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި 62 އަހަރުގެ ފިރިހެން މީހާއަށް އަނިޔާވެފައިނުވާ ކަމަށެވެ.
އެކްސިޑެންޓުގައި ދެ އުޅަނދަށްވެސް އެކިވަރުގެ ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓުގެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.
މުހައްމަދު އިޝާން
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް