އީދު ދުވަހުގެ ހަވީރު މާލޭގައި އުޅަނދު ދުއްވި 11 މީހަކު ޖޫރިމަނާކޮށް 141 މީހަކަށް ނަސޭހަތްދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ އީދު ދުވަހާ ގުޅިގެން ހަވީރު 4:00 އިން 6:00 އަށް މަގުތަކުގައި ފުލުހުންގެ ޕްރެސެންސް އިތުރު ކުރުމަށް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެ އޮޕަރޭޝަންގެ ތެރެއިން ހަވީރު ވަގުތު އުޅަނދު ދުއްވި ފަރާތްތަކަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
އެ އޮޕަރޭޝަންގެ ތެރެއިން ނުރައްކާތެރިކޮށް އުޅަނދު ދުއްވި އެއް ފަރާތަކަށް، ލައިސަންސް މުއްދަތު ހަމަވެފައިވަ ވަނިކޮށް ދުއްވި އެއް ފަރާތަކަށް ފިޔަވަޅު އަޅާފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.
އަދި އެއްގޮތަކަށްވެސް ލައިސަންސް ނެތި ދުއްވި ފަރާތަކަށްވެސް ފިޔަވަޅު އަޅާފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.
މާލޭ ސިޓީ ކައުންސިލުން އިއްޔެކުރި އިއުލާނެއްގައި ބުނެފައިވަނީ އަލްހާ އީދު ދުވަހުގެ ހަވީރު މާލެ ސަރަހައްދުގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާވާނެ ކަމަށެވެ.
އެ ވަގުތުތަކުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައިވެއެެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް