އެކުވެރިކަމުގެ މެޗެއް ނަމަވެސް، ސިންގަޕޫރު ކައިރިން ތާރީހީ ފުރަތަމަ މޮޅެއް ހޯދަން ބޭނުންވާ ކަމަށް ރާއްޖޭގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.
ރާއްޖެ އިން ސިންގަޕޫރާ ދެކޮޅަށް 1991 ވަނަ އަހަރުގެ އޮލިމްޕިކްސްގެ ކޮލިފައިން ބުރުގައި ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން އެއްވަރުވި ފަހުން ކުޅުނު ހުރިހާ މެޗަކުންވެސް ރާއްޖެ ވަނީ ބަލިވެފައެވެ. އެ ބަލިވުމުގެ ސިލްސިލާ ނިންމަން ރާއްޖެ މިއަދު ސިންގަޕޫރާ ދެކޮޅަށް ނުކުންނާނީ ރާއްޖެ ގަޑިން ހަވީރު 4:30 ގައެވެ. އެއީ ކޮލިފިކޭޝަން މެޗުގައި ޓީމޯ ލެސްޓާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ރާއްޖެ އިން ކުޅޭ އެކުވެރިކަމުގެ މެޗެއްގައެވެ.
"އަހަރެމެންނަށް ސިންގަޕޫރު އަތުން މޮޅުވެވިފައެއް ނެތް. އަހަންނަށް ހީވާ ގޮތުގައި، އަހަރެމެން ސިންގަޕޫރާ ދެކޮޅަށް ކުޅުނު އެންމެ ފުރަތަމަ މެޗުގައި 1991 ވަނަ އަހަރު އޮލިމްޕިކް ކޮލިފައިންގައި ބެއިޖިންގައި، ޕިޔޮންޔަންގައި. އެ މެޗުގައި އަހަރެމެން ސިންގަޕޫރާ 2-2 އިން އެއްވަރުވީ އެ ފަހުން، އަހަންނަށް ހިއެއްނުވޭ ރާއްޖޭން ސިންގަޕޫރާ ދެކޮޅަށް ރަނގަޅު ނަތީޖާއެއް ނެރުނުހެން،" ކުރިން އެއްވަރުވި މެޗަށް އިޝާރާތްކޮށް ސުޒޭން ބުންޏެވެ.
އޭނާ ބުނީ ރާއްޖެއާއި ސިންގަޕޫރުގެ އެ ތާރީހު ބަދަލުކުރަން ބޭނުންވާ ކަމަށާއި މެޗަށް ނުކުންނާނީ އެ އުންމީދުގައި ކަމަށެވެ. އަދި ކުރިން ލީގު ފުޓުބޯޅައިގެ އެއްވެސް ހަރަކާތެއް ނެތި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނީ އުނދަގޫ ހާލަތެއް ކަމަށާއި މިހާރު އޮތީ އެއަށްވުރެ ފަސޭހަ ހާލަތެއް ކަމަށްވެސް ބުންޏެވެ.
"ފިިލިޕީންސާވެސް ކުޅުނިން ލީގު ފުޓްބޯޅަ ނެތި، އެ މެޗު ހަގީގަތުގައި އުނދަގޫވި، ލީގެއް ނެތި ކުޅެންޖެހުނީމަ. މިފަހަރު މި ކުުޅުނު ކުރު މުބާރާތަށްފަހު، ކުޅުންތެރިންގެ ކޮންފިޑެންސް ރަނގަޅު. އަހަރެން މަސައްކަތް މި ކުރަނީ، ޑިފެންސިވްކޮށް މެދުތެރޭގެ ރޭވުންތެރިކަން ސިންގަޕޫރު މެޗު ރަނގަޅު ކޮށްލަން. އެއީ ޓިމޯ ލެސްޓޭއާ ކުޅޭއިރު، އަހަރެމެންގެ މިޑްފީލްޑް ރަނގަޅަށް އޮތުން މުހިންމު، އެ ކަންކަމަށް އަހަރެމެން ސަމާލުކަން ދޭނަން،" ސުޒޭން ބުންޏެވެ.
އަލީ ސުޒެއިން
އަލީ ސުޒެއިން
އަލީ ސުޒެއިން
އަލީ ސުޒެއިން