ދުނިޔޭގެ އެންމެ ވަރުގަދަ ފްރެންޗައިސް ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގެ ޗެމްޕިއަންކަން ރޯޔަލް ޗެލެންޖާސް ބެންގަލޫރުން ހޯދައިފިއެވެ.
އަހްމަދްއާބާދުގައި ރޭ ކުޅުނު އައިޕީއެލް ފައިނަލުގައި ބެންގަލޫރުން ޕަންޖާބު ކިންގްސް ބަލިކުރީ ހަ ލަނޑުންނެވެ. މިއީ ބެންގަލޫރުން އައިޕީއެލް ހޯދި ފުރަތަމަ ފަހަރެވެ.
އެ ޝަރަފާއެކު އިންޑިއާގެ ކްރިކެޓް ލެޖެންޑް ވިރާތު ކޯލީއަށްވެސް ރޭގެ ތަށްޓަކީ ފުރަތަމަ އައިޕީއެލް ތަށްޓެވެ. އުމުރުން 36 އަހަރުގެ ކޯލީއަކީ މިހާތަނަށް އައިޕީއެލްގައި ކުޅުނު ހުރިހާ ސީޒަނެއްގައިވެސް ބެންގަލޫރަށް ކުޅުނު ކުޅުންތެރިއެކެވެ. އޭނާއަކީ އައިޕީއެލްއިން އެއް ޓީމެއްގައި މިހާތަނަށް ފެނިގެންދިޔަ ހަމައެކަނި ކުޅުންތެރިޔާވެސް މެއެވެ.
ދެޓީމުންވެސް ރޭ ފުރަތަމަ އައިޕީއެލް ތައްޓަށް މަސައްކަތް ކޮށްފައިވާ އިރު، ޕަންޖާބު ކިންގްސްއަށް ޓޮސް ދިމާވުމުން ނިންމީ ހޮވަން އެރުމަށެވެ.
ބެންގަލޫރުން ކުޅެން އަރައި، 20 އޯވަރު ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން 190 ލަނޑު ހެދިއެވެ.
ބެންގަލޫރުގެ އެއްވަނަ ކުޅުންތެރިޔާ ފިލް ސޯލްޓަށް މާ ރަނގަޅު ނަތީޖާއެއް ނުހެދި ފައިބައިގެން ދާން ޖެހުނު ނަމަވެސް ކޯލީ ވަނީ މުހިއްމު ވަގުތުގައި ހިފަހައްޓާލައިފައެވެ. އެގޮތުން 35 ބޯޅައިން 43 ލަނޑު ހަދައި، ކެރިއަރުގެ ފުރަތަމަ އައިޕީއެލްއަށް ފުރުސަތު ބޮޑުކުރިއެވެ.
ބެންގަލޫރުގެ ސަކޯ އަތުވެދާނެ ހިސާބެއްގައި ހިފަހައްޓާލުމަށް ޕަންޖާބުން ރަނގަޅަށް އުކި އިރު، އަރްޝީދް ސިންގުގެ ފަހު ހަ ބޯޅައިން ހަ ވިކެޓް ނެގިއެވެ.
ބަދަލުގައި ކުޅެން އަރައި ކިންގްސްއަށް 20 އޯވަރު ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 184 ލަނޑެވެ. ޝަޝާންކް ސިންހް ރަނގަޅަށް ކުޅެ، 30 ބޯޅައިން 61 ލަނޑު ހެދި ނަމަވެސް، ބެންގަލޫރުގެ ސްކޯ އަތުވާ ގޮތެއް ނުވިއެވެ.
އެ ނަތީޖާއާއެކު ކޯލީ އާއި ބެންގަލޫރަށް ފުރަތަމަ ފަހަރަށް އައިޕީއެލް ޔަގީންވެ، އުފާފާޅުކުރުންތައް ފެށިގެން ދިޔައެވެ.
މުޙައްމަދު ޝަމްޢޫން
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)