ދުނިޔޭގެ އެންމެ ވަރުގަދަ ފްރެންޗައިސް ކްރިކެޓް މުބާރާތް އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގެ ފައިނަލުގެ ފަހު ޖާގަ، ރާޖަސްތާން ރޯޔަލްސްއިން ހޯދައިފިއެވެ.
މީގެ ކުރިން 2022 ވަނަ އަހަރު އައިޕީއެލް ކާމިޔާބުކުރި ގުޖުރާތުން ފައިނަލްގެ ޖާގަ ހޯދީ، ކޮލިފަޔާ 2 ގައި ހަތް ވިކެޓުން ރާޖަސްތާން ބަލިކޮށްގެންނެވެ. ގުޖުރާތުން ފައިނަލުގައި ނުކުންނާނީ ކޮލިފަޔާ 1 ކާމިޔާބުކޮށް ފައިނަލަށް ދިޔަ މިދިޔަ އަހަރުގެ ޗެމްޕިއަން ރޯޔަލް ޗެލެންޖާސް ބެންގަލޫރާ ދެކޮޅަށެވެ.
ރާޖަސްތާނަށް މެޗުގެ ޓޮސް ދިމާވުމުން އެޓީމުން ނިންމީ ބެޓް ކުރުމަށެވެ. ބެޓް ކުރުމަށް އަރައި އަނެއްކާވެސް 15 އަހަރުގެ ވައިބަވް ސޫރްޔަވަންޝީ ތަފާތު ދެއްކިއެވެ. އޭނާ ވަނީ 47 ބޯޅައިމް 96 ހަމަކޮށްފައެވެ. ވައިބަވް ވެފައި ވަނީ އައިޕީއެލްގައި އެންމެ މަދު މެޗު ކުޅެގެން 1000 ލަނޑު ހަމަކުރި ކުޅުންތެރިޔާއަށެވެ.
ރާޖަސްތާނުގެ އިނިންގްސްގައި 20 އޯވަރު ހަމަކުރި އިރު، ހަ ކުޅުންތެރިން ނުބައިވެގެން 214 ލަނޑު ހެދިއެވެ.
ބަދަލުގައި ކުޅެން އަރައި ގުޖުރާތުން ވަނީ 18.4 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވި އިރު، 219 ލަނޑު ހަމަކޮށްފައެވެ. ގުޖުރާތަށް އެންމެ ރަނގަޅަށް ކުޅުނީ ޝުބުހަމް ގިލްއެވެ. އޭނާ ވަނީ 53 ބޯޅައިން ސައްތަ ހަމަކޮށް، 104 ލަނޑު ހަދައިފައެވެ.
ގުޖުރާތާއި ބެންގަލޫރު ވާދަކުރާ ފައިނަލް އަހްމަދުއާބާދުގެ ނަރެންދްރަ މޯދީ ސްޓޭޑިއަމްގައި މާދަމާ ރޭ އޮންނާނީ ރާއްޖެ ގަޑިން 7:00 ގައެވެ.
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)