އިންޑިއާގައި ކުރިއަށްދާ ދުނިޔޭގެ އެންމެ ވަރުގަދަ ފްރެންޗައިސް ކްރިކެޓް މުބާރާތް، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގެ އެންމެފަހުގެ ޗެމްޕިއަން ރޯޔަލް ޗެލެންޖާސް ބެންގަލޫރުން އަނެއްކާވެސް ފައިނަލަށް ދަތުރު ކޮށްފިއެވެ.
ބެންގަލޫރުން ފަސްވަނަ ފައިނަލަށް ތައްޔާރުވާ އިރު، މިއީ ޖެހިޖެހިގެން އެޓީމުން ކުޅޭ ދެވަނަ ފައިނަލެވެ. ކޮލިފަޔާ އެކެއްގައި ރޭ ގުޖުރާތު ޓައިޓަންސް ބަލިކުރީ 92 ލަނޑުންނެވެ.
ލީގު ބުރުގެ އެއްވަނަ ހޯދި ބެންގަލޫރުން، ލީގު ބުރުގެ ދެވަނަ ހޯދި ގުޖުރާތާ ދެކޮޅަށް ނުކުތް މެޗުގައި ޓޮސް ދިމާވީ ގުޖުރާތަށެވެ. ގުޖުރާތުން ނިންމާފައި ވަނީ ހޮވާށެވެ.
ހިމާޗަލް ޕްރަދޭޝް ކްރިކެޓް އެސޯސިއޭޝަން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ކުޅެން އަރައި ބެންގަލޫރުން ވަނީ 20 އޯވަރު ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 254 ލަނޑު ހެދިއެވެ. މިއީ އައިޕީއެލް ތާރީހުގައިވެސް ޕްލޭ އޮފް މެޗެއްގައި ފެނުނު އެންމެ ރަނގަޅު ސްކޯއެވެ.
ބެންގަލޫރުގެ ވިރާތު ކޯލީއާއި ކެޕްޓަން ރަޖަތު ޕަތީދާރު ތަފާތު ދެއްކިއެވެ. ކޯލީ ވަނީ 25 ބޯޅައިން 43 ހަދައިފައެވެ. އަދި ޕަތީދާރު ވަނީ ނުބައި ނުވެ، 33 ބޯޅައިން 93 ލަނޑު ހަދައިފައެވެ.
ގުޖުރާތުން ބަދަލުގައި ކުޅެން އަރައި، 162 ލަނޑު ހެދި އިރު، 19.3 އޯވަރުގެ އުކުން ނިމި، ހުރިހާ ކުޅުންތެރިން ނުބައިވިއެވެ. ހަ އޯވަރުގެ ތެރޭގައި ފަސް ކުުޅުންތެރިން ނުބައިވި އިރު، އެންމެ ރަނގަޅަށް ކުޅުނު ރާހުލް ޓެވަޓިއާ އަށް ހެދުނީ 43 ބޯޅައިން 68 ލަނޑެވެ.
ގުޖުރާތަށް އަދި ފައިނަލުގެ ފުރުސަތު އެބައޮތެވެ. އެޓީމަށް ދެން ފައިނަލަށް ދެވޭނީ މާދަމާ ކުޅޭ އެލިމިނޭޓާ މެޗުން މޮޅުވާ ޓީމު ބަލިކޮށްގެންނެވެ. އެއީ ތިންވަނަ އަދި ހަތަރު ވަނަ ވާދަކުރާ މެޗެކެވެ. ސަންރައިޒާސް ހައިދަރުއާބާދާއި ރާޖަސްތާން ރޯޔަލްސް މެޗުގައި ކުޅޭ އިރު، އެމެޗުން މޮޅުވާ ޓީމު ދާނީ ކޮލިފަޔާ 2 އަށެވެ. އެއީ ގުޖުރާތާ ވާދަކުރުމަށެވެ.
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)