އުމުރުން އެންމެ 15 އަހަރުގެ ވައިބާވް ސޫރްޔަވަންޝީ ދެއްކި ތަފާތާއެކު ސަންރައިސާސް ހައިދްރައާބާދު ކަޓުވާލައި، ރާޖަސްތާން ރޯޔަލްސްއިން އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގެ ކޮލިފަޔާ 2 އަށް ދަތުރު ކޮށްފިއެވެ.
އިންޑިއާގައި ކުރިއަށްދާ ދުނިޔޭގެ އެންމެ ވަރުގަދަ ފްރެންޗައިސް ކްރިކެޓް މުބާރާތް، އައިޕީއެލްގެ ގަދަ ހަތަރެއްގެ މެދުގައި ކުޅެވޭ ޕްލޭ އޮފްގެ ފުރަތަމަ މެޗުގައި ލީގު ބުރުގެ އެއްވަނައިގައި ނިންމާލި ރޯޔަލް ޗެލެންޖާސް ބެންގަލޫރުން ވަނީ ދެވަނައިގައި ނިންމާލީ ގުޖުރާތު ޓައިޓަންސް ބަލިކޮށް، އަނެއްކާވެސް ފައިނަލަށް ދަތުރު ކޮށްފައެވެ.
އެ މެޗުން ބަލިވި ގުޖުރާތު ކޮލިފަޔާ 2 އަކަށް ދަތުރުކުރި އިރު، ގުޖުރާތުން ކުރިމަތިލާނީ ރާޖަސްތާނާ ދެކޮޅަށެވެ. ރޭ ރާޖަސްތާނުން ހައިދްރައާބާދު ބަލިކުރީ 47 ލަނޑުންނެވެ.
ނިއު ޗަންދިގަރްގެ މަހާރާޖާ ޔާދާވިންދްރާ ސިންހް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ސަންރައިސާސްއާ ޓޮސް ދިމާވުމުން އެޓީމުން ނިންމީ ހޮވާށެވެ. ރާޖަސްތާނުން ކުޅެން އަރައި، 20 އޯވަރު ތެރޭގައި 20 އޯވަރު ތެރޭގައި 243 ލަނޑު ހެދިއެވެ. ތަފާތު ދެއްކީ 15 އަހަރުގެ ސޫރްޔަވަންޝީއެވެ. އޭނާ ވަނީ 29 ބޯޅައިން 97 ލަނޑު ހަދައިފައެވެ.
ސޫރްޔަވަންޝީ ވަނީ 12 ބޯޅަ ހަޔަކަށް ޖަހައި، އޭގެ ތެރޭގައި ޖެހިޖެހިގެން ހަޔަކަށް ޖެހި ތިން ބޯޅަވެސް ފާހަގަވިއެވެ. ސޫރްޔަވަންޝީ ވަނީ 16 ބޯޅައިން 50 ހަމަކޮށްފައެވެ.
ސޫރްޔަވަންޝީ އެންމެ ފުރަތަމަ ވިދުން ގަދަވީ 2025 ވަނަ އަހަރުއެވެ. އޭނާ ވަނީ އުމުރުން 14 އަހަރު ޓީ20 ސައްތައެއް ހަމަކޮށް، އެ ޝަރަފު ހޯދި އެންމެ ހަގު ކުޅުންތެރިޔާއަށް ވެފައެވެ.
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)