ހުޅުމާލޭ ހިޔާ ފުލެޓުގެ ޕާކު ސަރަހައްދުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލައިފިއެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ ހުޅުމާލޭ ފޭސް ދޭއް، ހިޔާ ޕާކް ސަރަހައްދުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އަނިޔާވި ބިދޭސީ މީހާ މިހާރު ފަރުވާދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
އެ މައްސަލައިގައި މީހަކު ހައްޔަރުކުރިކަމެއް ވެސް ފުލުހުން ބުނެފައެއް ނުވެއެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް