ފުލުހުން އދ. މާމިގިލީގައި ހިންގި އޮޕަރޭޝަނެއްގައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ އެ ރަށަށް ނިސްބަތްވާ ފަސް މީހެއް ކަމަށެވެ. އެ އޮޕަރޭޝަންގައި ހަތް ތަނެއް ބަލައިފާސްކޮށް 9.68 ގްރާމް މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އދ. މާމިގިލި/ ރީފްސައިޑް، ރިސްވާން އިބްރާހިމް (30އ)، އދ. މާމިގިލި / ވިލެޖް، އަހްމަދު ފިރުޝާން (28އ)، އދ. މާމިގިލި / ރޯޅި، މުހައްމަދު ޝަހުދު (27އ)، އދ. މާމިގިލި / ކުވައިތު، މުހައްމަދު މަހްމޫދު (34އ) އަދި އދ. މާމިގިލި / އެވަރެސްޓް، އަލީ ޝާނީޒް (39އ) ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ރިސްވާން އިބްރާހިމް އަދި މުހައްމަދު މަހުމޫދު 15 ދުވަހަށް ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އަހްމަދު ފިރުޝާން އާއި މުހައްމަދު ޝަހުދުގެ އިތުރުން އަލީ ޝާނީޒް ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް