ސައުދީ އަރަބިއާގައި މިއަހަރު ބާއްވާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްއަށް ރާއްޖެއިން ދާ ކޮންޓިޖެންޓްގެ ޗެފް ޑި މިޝަނަކަށް އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ، ޖައުޝަން ޝަރީފް (ޖައު) ހަމަޖައްސައިފިއެވެ.
ޖައުޝަންއާ އެ ޒިންމާ ހަވާލުކުރި ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އިއްޔެ އިއުލާނު ކޮށްފައިވާ އިރު، އޭނާ ވަނީ ސައުދީގައި މިމަހު އެކަކުން މިއަދަށް ކުރިއަށްދާ ޗެފް ޑި މިޝަނުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.
އެ ބައްދަލުވުމަކީ ސޮލިޑާރިޓީ ގޭމްސްގެ އެންމެ ފަހުގެ ތައްޔާރީތަކާއި އެތުލީޓުންނަށް ދެވޭ ހިދުމަތްތަކުގެ އިތުރުން އިވެންޓްތަކުގެ ވަގުތުތަކަށް މަޝްވަރާ ކުރުމަށް ކުރިއަށް ގެންދާ ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގައި އެމްއޯސީގެ ފަރާތުން މަރިޔަމް ޝައުފާވެސް ބައިވެރިވެފައިވެއެވެ.
ގާނޫނީ ދާއިރާއިން އެކިއެކި ކުޅިވަރު އެސޯސިއޭޝަންތަކާއެކު މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ޖައުޝަން ވަނީ، 2023 ވަނަ އަހަރު މަޑަގަސްކަރާގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ޑެޕިއުޓީ ޗެފް ޑި މިޝަންގެ މަގާމު އަދާކޮށްފައެވެ.
އޭގެ އިތުރުން އެފްއޭއެމް ނޯމަލައިޒޭޝަނަށް ދިޔަ ހާލަތުގައިވެސް ފީފާއާއެކު ޖެނެރަލް ސެކްރެޓަރީއެއްގެ މަގާމުގައި މުހިއްމު މަސައްކަތްތަކެއް ޖައުޝަން ކުރައްވާފައިވެއެވެ.
ސޮލިޑާރިޓީ ގޭމްސް ސައުދީގައި ބާއްވަން ތާވަލުކޮށްފައި ވަނީ ނޮވެމްބަރު މަހަށެވެ.
އިސްލާމިކް ސޮލިޑާރިޓީ ގޭމްސް
އިސްލާމިކް ސޮލިޑާރިޓީ ގޭމްސް
އިސްލާމިކް ސޮލިޑާރިޓީ ގޭމްސް
އިސްލާމިކް ސޮލިޑާރިޓީ ގޭމްސް