ސައުދީ އަރަބިއާގެ ރިޔާދުގައި ކުރިއަށްދާ އިސްލާމިކް ސްލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިސް އިވެންޓުގެ އަންހެން ޑަބަލްސް އިވެންޓުން ރާއްޖޭގެ ފާތިމަތު ދީމާ އަލީއާއި އައިޝަތު ރަފާ ނާޒިމް ލޯ މެޑަލް ހޯދައިފިއެވެ.
ރަފާއާއި ދީމާއަށް ލޯ މެޑަލް ޔަގީންވީ ޑަބަލްސް ސެމީ ފައިނަލުގައި ކުޅެގެންނެވެ. ސެމީ ފައިނަލުގައި ދީމާއާއި ރަފާ ވާދަކުރީ ތުރުކީގެ ޔިލްމާޒް އޮޒްގޭއާއި ހަރާކް އެޝޭއާ ދެކޮޅަށެވެ. އެ މެޗު ތުރުކީ ޕެއާއިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.
ފުރަތަމަ ދެ ސެޓު ތުރުކީ ޕެއާއިން 11-07، 11-05 އިން ގެންގޮސްފައިވާ އިރު، ތިން ވަނަ ސެޓު ގެންދިޔައީ ރަފާއާއި ދީމާއެވެ. އެއީ 11-07 އިންނެވެ. އެ ސެޓު ގެންގޮސް ހިތްވަރު ހޯދި ނަމަވެސް، ދެން ކުޅުނު ސެޓު ތުރުކީ ޕެއާއާއިން ގެންދިޔައީ 11-06 އިންނެވެ.
މިފަހަރު ސޮލިޑާރިޓީ ގޭމްސްގެ އޯޕަން ބައިގެ ފިރިހެން ޑަބަލްސްގައި ރާއްޖޭގެ މޫސާ މުންސިފް އަހުމަދު އާއި މުހައްމަދު ޝައްފާން އިސްމާއިލްގެ ޕެއާ އިން ކުއާޓާ ފައިނަލުގައި ވާދަކުރިއިރު، މިކްސް ޑަބަލްސް އިން މުންސިފް އާއި ރަފާގެ ޕެއާ ވެސް ވަނީ ކުއާޓާގައި ކުޅެފައެެވެ.
އިސްލާމިކް ސޮލިޑާރިޓީ ގޭމްސް
އިސްލާމިކް ސޮލިޑާރިޓީ ގޭމްސް
އިސްލާމިކް ސޮލިޑާރިޓީ ގޭމްސް
އިސްލާމިކް ސޮލިޑާރިޓީ ގޭމްސް