މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ މީހަކު މަރުވެފައި އޮއްވާ ފެނުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެމީހާ މަރުވެފައި އޮއްވާ ފެނުނީ ރޭގެ ވަގުތެއްގައި ބަންޑާރަކޮށީގައި ކަމަށެވެ. އެއީ އުމުރުން 35 އަހަރުގެ ފިރިހެނެކެވެ.

އިތުރު ތަފްސީލެއް ނުދީ ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ވަން އަށް އެނގިފައިވާ ގޮތުގައި އެމީހާ މަރުވެފައި އޮއްވާ ފެނުނީ ބަންޑާރަކޮށީގެ ފާހާނައެއްގެ ތެރެއިންނެވެ.