ރެއާލް މެޑްރިޑް ގޯލްކީޕަރު ތީބޯ ކޯޓުއާގެ ބުރިކަށްޓަށް ދިމާވި މައްސަލައަކާ ގުޅިގެން، ދުވަސްތަކަކަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.
ކޯޓުއާއަށް "ސަކްރޮލިޓީސް"އާ ކުރިމަތިވެފައިވާ ކަމަށް ރެއާލުން ބުނެފައިވާ އިރު، އެއީ މައިބަދަ އާއި އުކުޅުވަޅުގެ ކަށިގަނޑާ ގުޅުވައިދޭ ހިސާބު ދުޅަވުމަށް ކިޔާ ނަމެކެވެ. އެ އަނިޔާގެ ސަބަބުން ކޯޓުއާއަށް މަދުވެގެން އެއް ހަފުތާ އަރާމުކުރަން ބޭނުންވާ އިރު، އިތުރު ފަރުވާތަކެއްވެސް ކުރަން ޖެހެއެވެ.
އަނިޔާގެ ސަބަބުން ކޯޓުއާއަށް ބެލްޖިއަމްގެ ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުތައް ގެއްލޭނެ ކަމަށް ހަބަރުތައް ބުނެއެވެ. އެއީ ނޯތު މެސަޑޯނިއާ އަދި ވޭލްސްއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ.
ގައުމީ ޓީމުގައި ކުރީން ހުރި ކޯޗާ މައްސަލަތަކެއް ޖެހުމުން، ކުރީން ރިޓަޔާވެސް ކުރި ކޯޓުއާ ވަނީ އެ މައްސަލައިގައި ސުލްހަ ވެ، ގައުމީ ޓީމަށް އަނބުރާ ނުކުމެފައެވެ.
އުމުރުން 33 އަހަރުގެ ކޯޓުއާއަށް މިފަހަރު ބެލްޖިއަމް މެޗުތައް ގެއްލުނު ނަމަވެސް، ރެއާލް މެޑްރިޑުން ކްލަބު ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗަށް ފިޓުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރެއާލުން ކްލަބު ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ނުކުންނާނީ އަލް ހިލާލާ ދެކޮޅަށެވެ. އެއީ މިމަހު 18 ވަނަ ދުވަހު މިއާމީގައެވެ.
މުޙައްމަދު ޝަމްޢޫން
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް