މާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ކަރަންޓް ދީފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ އިން މިއަދު 12:30 އެހާކަންހާއިރު ވަނީ ކަރަންޓު ކެނޑިފަ އެވެ.
ސްޓެލްކޯ އިން ދެންމެ ބުނީ، މާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ކަރަންޓު ދެވިފައިވާއިރު، ހުޅުމާލޭގެ ރުއްގަނޑު 1 ގައި ބަހައްޓާފައި ހުންނަ ޓްރާންސްފޯމަރެއް ފިޔަވައި ހުޅުމާލޭގެވެސް އެހެން ހުރިހާ ސަރަހައްދަކަށް މިހާރު ކަރަންޓު ދީފައިވާ ކަމަށެވެ.
އެހެންކަމުން ހުޅުމާލޭގެ ރުއްގަނޑު 1 ގައި ބަހައްޓާފައި ހުންނަ ޓްރާންސްފޯމަރު ހުރި ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގެ ކަރަންޓް ނުލިބޭ ކަސްޓަމަރެއް ހުރި ނަމަ ސްޓެލްކޯ އިން އެމަޖެންސީ ނަންބަރު 104 އަށް ގުޅުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.
މުހައްމަދު ސިމާއު
ސްޓެލްކޯ
ސްޓެލްކޯ
ސްޓެލްކޯ