ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އިތުރުން މާލޭގެ ބޮޑު ސަރަހައްދަކަށް އަލުން ކަރަންޓް ދީފިއެވެ.
ޓެކްނިކަލް މައްސަލައެއް ދިމާވެ މުޅި މާލެ އާއި ހުޅުމާލެއިން މިއަދު ކަރަންޓް ކެނޑިފައި ވަނީ 12:30 ގައެވެ. އެ ވަގުތު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންވެސް ކަރަންޓް ކެނޑިފައިވާ އިރު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދެންމެ ކުރި "އެކްސް"އެއްގައި ބުނީ މިވަގުތު އެއާޕޯޓަށް އަލުން ކަރަންޓް ދެވިފައިވާ ކަމަށެވެ.
އެ "އެކްސް" ގައި ބުނީ އަލުން އެއާޕޯޓަށް ކަރަންޓް ދެވިފައި ވަނީ 2:05 ގައި ކަމަށެވެ.
އެމްއޭސީއެލްއިން ބުނީ މާލެ ސަރަހައްދުން ކަރަންޓް ދިޔުމާއެކު އެއާޕޯޓުން ކަރަންޓް ދިޔައީ، އެމްއޭސީއެލްގެ ބެކަޕް ޕަމާ ޖެނެރޭޝަން ސިސްޓަމުގެ ސާވާ ގުޅިފައި އިންނަނީ މައި ގްރިޑާ ކަމަށް ވާތީ ކަމަށެވެ. އެހެންނަމަވެސް، އެހާލަތުގައިވެސް ބެކަޕް ސިސްޓަމް ބޭނުންކޮށް ކްރިޓިކަލް މަސައްކަތްތައް ކުރިއަށް ގެންދިޔަ ކަމަށްވެސް އެމްއޭސީއެލްއިން ބުންޏެވެ.
ސްޓެލްކޯއިން ދެންމެ ބުނީ މިހާރު މާލޭގެ ބޮޑު ސަރަހައްދަކަށްވެސް ކަރަންޓް ދީފައިވާ ކަމަށާއި ކަރަންޓް ނުދެވި ހުރި ސަރަހައްދުތަކަށް ވީ އެންމެ އަވަހަކަށް ކަރަންޓް ދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކަރަންޓް ކެނޑުނު މައްސަލަ، ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވައިފައެވެ.
ކަރަންޓު
ކަރަންޓު
ކަރަންޓު
ކަރަންޓު