މިދިޔަ އަހަރުގެ ތަފާސްހިސާބަށް ބަލާއިރުވެސް ދުނިޔޭގެ އެންމެ އަގުހުރި ކްލަބަކީ ރެއާލް މެޑްރިޑް ކަމަށް ވިޔަފާރި މެގަޒިން ފޯބްސްއިން ބުނެފިއެވެ.
ފޯބްސްއިން ބުނީ ރެއާލްގެ އަގަކީ މިހާރުވެސް 6.6 ބިލިއަން ޑޮލަރު ކަމަށެވެ. އެއީ އެންމެ އަގުބޮޑު ފުޓުބޯޅަ ކްލަބު ކަމަށެވެ. މިއީ ރެއާލް އެ މަގާމުގައި ދެމިއޮންނަތާ ހަތަރު ވަނަ އަހަރެވެ. މިދިޔަ ހަތަރު އަހަރުވެސް އެންމެ އަގުހުރި ކްލަބަކީ ރެއާލް އެވެ.
މިދިޔަ 2023-24 ވަނަ އަހަރު ސީޒަނުގައި ރެއާލަށް ވަނީ ރެކޯޑު 1.13 ބިލިއަން ޑޮލަރުގެ ފައިދާއެއް ވެފައެވެ. އެއީ އެއް އަހަރު ތެރޭގައި ފުޓުބޯޅަ ކްލަބެއްގެ ފައިދާ ބިލިއަނަކަށް އެރި ފުރަތަމަ ފަހަރެވެ.
ދުނިޔޭގެ އެންމެ އަގުހުރި ކްލަބުތަކުގެ ލިސްޓްގެ ދެވަނައިގައި އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ. ކްލަބުގެ ހާލަތު ދަށްކޮށް އޮތް ނަމަވެސް، ޔުނައިޓެޑްގެ އަގު އަދިވެސް ހުރީ 6.6 ބިލިއަން ޑޮލަރުގައެވެ.
ޔުނައިޓެޑް 2023-24 ވަނަ އަހަރުގެ ސީޒަނުގެ ލީގުގެ 8 ވަނައިގައި ނިންމާލި ނަމަވެސް، އެ ސީޒަނުގައިވެސް އެ ކްލަބަށް ވަނީ 834 މިލިއަން ޑޮލަރުގެ ފައިދާއެއް ވެފައެވެ.
ލިސްޓްގެ ތިންވަނައިގައި ބާސެލޯނާ އޮތީ 5.65 ގެ އަގުހުރި ކްލަބެއްގެ ގޮތުގައެވެ. ލިސްޓްގެ ހަތަރު ވަނައިގައި ލިވަޕޫލް އޮތް އިރު، ދެން ގަދަ ފަހެއްގައި ހިމެނެނީ މެންޗެސްޓާ ސިޓީއެވެ.
މުޙައްމަދު ޝަމްޢޫން
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް