މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މުހިންމު މާކެޓްތަކުގައި ހޫނު މޫސުމަށް ހާއްސަކޮށްގެން ބޮޑު ސޭލް ކެމްޕެއިންތަކެއް ފަށައިފިއެވެ.

އެެމްއެމްޕީއާރުސީން ބުނީ ސަމާ ސޭލް ކެމްޕޭންތަކުގެ މަގުސަދަކީ ސްޓްރެޓެޖިކް އިނިޝިއޭޓިވްތަކުން ރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ އިތުރުކުރުމަށާއި ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އިތުރުކުރުމަށާއި މިހާރު ހުރި ޕާޓްނަޝިޕްތަކުގެ އެހީގައި ފުޅާ އަދި ތަފާތު އޯޑިއަންސަތަކަށް ވާސިލުވުމަށް ކަމަށެވެ.

އެ ކެމްޕެއިންތަކުގެ ސްޓްރެޓެޖީގެ ދަށުން އެންމެ އިސްކަން ދޭނެ އެއް މާކެޓަކީ އިނގިރޭސި ވިލާތެވެ. އެގޮތުން އެ ގައުމުގެ ވެރިކަންކުރާ ރަށް، ލަންޑަންގެ އަންޑަގްރައުންޑް އަދި ބަސްތަކުގެ އިސްތިހާރުތައް ހިމެނޭ ބޮޑު އައުޓްޑޯ ކްމެޕޭނެއް ފަށާފައިވާއިރު، ޓެކްސީ އެޑް ކެމްޕޭނެއްވެސް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

އަދި ވިޒިޓާ އެންގޭޖްމަންޓްތަކާއި ސަމާ ބުކިންތައް އިތުރުކުރުމަށް ޓްރެވަލްބޭގް (ޑީނާޓާ ޔޫކޭ) އާއެކު ޖޮއިންޓް ޕްރޮމޯޝަނަލް ކްމެޕޭނެއް ފަށާފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

ސަމާ ސޭލް ކެމްޕޭންތައް ރަޝިއާ، ޖަރުމަން، އިޓަލީ، ޕޮލެންޑް، ސްޕެއިން އަދި އިންޑިއާގައިވެސް ކުރިއަށް ގެންދަން ނިންމާފައިވާ އެ ކެމްޕޭނާ ގުޅިގެން އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ، ހޫނު މޫށުމުގެ ކެމްޕެއިނަކީ މުހިންމު މާކެޓްތަކުގައި ރާއްޖޭގެ ޕްރެޒެންސް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ ކެމްޕެއިނެއް ކަމަށެވެ.