މާލެ ސަރަހައްދުގެ ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި އަދި 34 މިސްކިތެއްގައި އަލްހާ އީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ގެޒެޓުގައިކުރި އިއުލާނެއްގައި ބުނެފައިވަނީ މި އަހަރުގެ މާލޭގައި އީދު ނަމާދު ކުރަން ފަށާނީ ހެނދުނު 7:00 ކަމަށާއި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާ މައިދާންތަކާއި މިސްކިތްތައް ހުންނާނީ އަންހެނުންނަށް ވެސް އީދު ނަމާދުކުރެވޭނެ ގޮތަށް ހަމަޖައްސައިފައި ކަމަށެވެ.
މިނިސްޓްރީން ބުނީ ވިއްސާރަވުމުގެ ސަބަބުން މައިދާންތަކުގައި ކުރުމަށް ހަމަޖެހިފައިވާ އީދު ނަމާދުގެ ބޮޑުޖަމާއަތް ކެންސަލްވެއްޖެނަމަ އީދު ނަމާދު ކުރާނީ މާލެ ސިޓީގެ ހުކުރު ނަމާދުކުރާ ހުރިހާ މިސްކިތެއްގައި ކަމަށެވެ.
އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މައިދާންތަކާއި މިސްކިތްތައް
- މާފަންނު ސްޓޭޑިއަމް (ބޮޑުޖަމާއަތް)
- މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލްއައްޒަމް (އިސްލާމީ މަރުކަޒު)
- މަސްޖިދުލްމަލިކި ސަލްމާން
- މަސްޖިދުލްފުރުގާން
- މަސްޖިދުއްނޫރު
- މަސްޖިދުއް ޝަހީދު އަލީ
- މަސްޖިދުއްސުލްތާން ހަސަން އިއްޒުއްދީން (ތައިބާ މިސްކިތް)
- މަސްޖިދުއްސުލްތާނު މުހައްމަދު ފަރީދުލްއައްވަލު (ދުބުރި މިސްކިތް)
- މަސްޖިދު ޝަހީދު އަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
- މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)
- މަސްޖިދު ސަލާހުއްދީން
- މަސްޖިދު ޖަލާލުއްދީން
- މަސްޖިދު އިބްރާހީމް
- މަސްޖިދު އިސްކަންދަރު
- ވަގުތީ މިސްކިތް ( ބޮޑުގެ)
- މަސްޖިދުއްސުލްތާނު މުހައްމަދު އިމާދުއްދީން (ރަންމިސްކިތް)
- މަސްޖިދުއްޝައިހު މުހައްމަދު ޖަމީލް ދީދީ (ފައިފުހޭމިސްކިތް)
- މާފަންނު އާމިސްކިތް
- ވިލިމާލެ ބޮޑުޖަމާއަތް (ވިލިގިލި ބޯޅަދަނޑު)
- މަސްޖިދުއްސަލާމް
- ހުޅުމާލެ ބޮޑުޖަމާއަތް (ސިންތަޓިކް ޓްރެކް)
- މަސްޖިދުއްޝައިހު ގާސިމް ބިން މުހައްމަދު އާލް ތާނީ (ހުޅުމާލެ ފޭސް 1)
- މަސްޖިދު ރަޝީދު (ހުޅުމާލެ ފޭސް 1)
- މަސްޖިދު އަޒީޒާ މޫސާ (ހުޅުމާލެ ފޭސް 1)
- ހުޅުމާލެ ބޮޑުޖަމާއަތް (ކުރިކެޓް ސްޓޭޑިއަމް) (ހުޅުމާލެ ފޭސް 2)
- މަސްޖިދު ހަސަން އާދަމް (ހުޅުމާލެ ފޭސް 2)
- މަސްޖިދު އަބީބަކުރިނިއްސިއްދީގު (ފޭސް 2 ހުޅުމާލެ)
- މަސްޖިދު އަސްދިގާ
މުހައްމަދު އިޝާން
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ