ފަހަތުން އަރައި ރެއާލް ބެޓިސް ބަލިކޮށް، ޗެލްސީން ޔޫރަޕްގެ ހުރިހާ ތަށްޓެއް ހަމަކޮށްފިއެވެ.
ރޭ ޕޮލެންޑްގައި ކުޅުނު ކޮންފަރެންސް ލީގު ފައިނަލުގައި ޗެލްސީން ބެޓިސް ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. ޗެލްސީއަކީ ޔޫރަޕްގެ ހުރިހާ ތަށްޓެއް ހޯދި ހަމައެކަނި ކްލަބެވެ. އެޓީމުން ވަނީ ދެ ޗެމްޕިއަންސް ލީގު ދެ ފަހަރަށް ކާމިޔާބުކޮށް، ޔޫރޮޕާ ލީގުވެސް ކާމިޔާބު ކޮށްފައެވެ. އޭގެ އިތުރުން ޗެލްސީ ވަނީ ސުޕަ ކަޕާއި ކުރީގެ ކަޕް ވިނާސް ކަޕްވެސް ކާމިޔާބު ކޮށްއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީއަށް އެންމެ އެކަށީގެންވާ ކުޅުމެއް ދެއްކިފައި ނުވާ އިރު، އަބްދޭ އެޒަލްޒޫލީ ޖެހި ގޯލާއެކު ބެޓިސް ލީޑު ނެގިއެވެ. އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ އިސްކޯއެވެ.
ޗެލްސީ ބަލިވާން ދަނިކޮށް، ފަހު 25 ވަރަކަށް މިނެޓުގައި އެޓީމުން ތަފާތު ދެއްކިއެވެ. ކޯލް ޕާމާގެ އާދަޔާހިލާފު މޮޅު ކުޅުމެއް މެޗުގައި ފެނިގެން ގޮސްފައިވާ އިރު، 65 ވަނަ މިނެޓުގައި އެންޒޯ ފެނާންޑޭޒް ގޯލު ޖަހާ އެއްވަރުކުރީ ޕާމާގެ ހުރަހަކުންނެވެ.
އޭގެ އިރުކޮޅެއްފަހުން ޕާމާގެ އިތުރު ހުރަހަކުން ނިކޮލަސް ޖެކްސަން ޗެލްސީއަށް ލީޑު ނަގައިދިން އިރު، ޗެލްސީގެ ތިންވަނަ ގޯލު ޖެހީ ޖޭޑަން ސަންޗޯއެވެ. އޭނާގެ ގޯލަކީ އަރިމަތިން ފޮނުވާލި ބޯޅައެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން ޖެހި ގޯލެކެވެ.
މެޗު ނިމެން ދަނިކޮށް މޮއިސެސް ކައިސޭޑޯ ޖެހި ގޯލުން ޗެލްސީ ފައިނަލް ޔަގީން ކުރި އިރު، ޗެލްސީއަކީ 2002 ވަނަ އަހަރަށްފަހު ޔޫރަޕްގެ ފައިނަލެއްގައި ސްޕެއިން ޓީމެއް ބަލިކުރި ފުރަތަމަ ޓީމެވެ.
ޔޫއެފާ ޔޫރޮފާ ކޮންފަރެންސް ލީގު
ޔޫއެފާ ޔޫރޮފާ ކޮންފަރެންސް ލީގު
ޔޫއެފާ ޔޫރޮފާ ކޮންފަރެންސް ލީގު
ޔޫއެފާ ޔޫރޮފާ ކޮންފަރެންސް ލީގު