މި އަހަރުގެ ބޮޑު އީދު ދުވަހާ ގުޅިގެން އިތުރު ދުވަހެއް ބަންދު ނުކުރާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އަހަރުގެ ހައްޖު ދުވަސް ދިމާވަނީ ޖޫން މަހުގެ ފަސްވަނަ ދުވަހަށް ކަމަށް ސައުދީ އަރަބިއްޔާ އިން ކަނޑައަޅާފައިވާތީ ހައްޖު ދުވަހާއި އަލްހާ އީދާ ގުޅިގެން ބަންދުވާނީ މިހާރުވެސް ކަލަންޑަރުގައި ބަންދު ކަމަށް ކަނޑައަޅާފައިވާ ދުވަސްތައް ކަމަށެވެ.
ކަލަންޑަރުގައިވާ ގޮތުން އީދަށް ބަންދު ވަނީ ޖޫން މަހުގެ ނުވައެއްގެ ނިޔަލަށެވެ. އެހެންކަމުން އެ ހަފުތާގެ އަންގާރައިގައި ސަރުކާރުގެ އޮފީސްތައް ހުޅުވާނެއެވެ.
ނަމަވެސް މީގެ ކުރިން އާންމު ގޮތެއްގައި މުޅި ހަފުތާ ބަންދުކޮށް އީދު ބަންދުގެ ދުވަސްތައް ދަންމާލައެވެ.
މުހައްމަދު އިޝާން
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް