ކ. ހުރާ ބަނދަރު ޕޭވްމަންޓް ހަރުކުރުމާއި ބަނދަރު ފުންކުރުމުގެ މަސައްކަތް ބާރަށް ކުރިޔަށްގެންދާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އިއްޔެ ބުނެފިއެވެ.
ހުރާ ބަނދަރު ހެދުމަށް އެމްޓީސީސީއާ ހަވާލުކުރީ 1 ޖޫން 2023 ގައެވެ.
މިއީ 62.78 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ހުރާ ބަނދަރު މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:
- 26,453 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުން
- 40,111 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުން
- ބަނދަރުގެ 5,445 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން
- 86 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން
- 210 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން
- 317 މީޓަރުގެ ބޭރު ރިވެޓްމެންޓުގައި ވެލި ބަރުކޮށްފައިވާ ބޭރުތޮށި ލުން
- 370 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، މޫރިންގް ބޯއީސް ހަރުކުރުން
- 105 މީޓަރު ދިގު ހަތަރު މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުން
- 20 މީޓަރު ދިގު ހަ މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުން
- ބަނދަރު ބައްތި ހަރުކުރުން
- 1,795 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން
ފާތިމަތު ލިއުޝާ
ކ. ހުރާ
ކ. ހުރާ
ކ. ހުރާ