މި އަހަރުގެ ހައްޖުގެ އަޅުކަމަށް ހައްޖުވެރީން ފުރަން ހަމަޖެހިފައިވާ ދުވަސްތަކުގައި އެއާޕޯޓުގެ ޓްރެފިކް ބާރުބޮޑުވާނެތީ، އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ހައްޖުވެރީން ފުރަން ހަމަޖެހިފައިވަނީ އަންނަ ހޯމައާއި އަންގާރައާއި ބުރާސްފަތި އަދި ހުކުރު ދުވަހު އެވެ.
ފުލުހުން އިއްޔެ ބުނީ ހައްޖުވެރީން ފުރާ ދުވަސްތަކުގައި އެއާޕޯޓުގެ ޓްރެފިކަށް ބާރުބޮޑުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
"އެހެންކަމުން އޮމާންކަމާ އެކު ޓްރެފިކް ފްލޯ ކުރިއަށް ގެންދިއުމަށް އެ ދުވަސްތަކުގައި އިތުރު ފުލުހުން އެއާޕޯޓުގައި ހަރަކާތްތެރިވަމުން ގެންދާނެ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެއާޕޯޓުން ފުރާ އެހެން މީހުންނަށް ވެސް ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ލަސްތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމަށްވާތީ، އެ ދުވަސްތަކުގައި ފުރާ މީހުން ވެސް ދުރާލައި އެއާޕޯޓަށް ގޮސް ފުރުމުގެ އިންތިޒާމުތައް ނިންމުމަށް އިލްތިމާސްކުރާ ކަމަށެވެ އަދި ހައްޖުވެރީންނާ އެކު އެއާޕޯޓަށް ދާ ގާތްތިމާގެ މީހުންނާއި އެއާޕޯޓަށް ދަތުރުކުރާ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ވެސް ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރަން އެދޭ ކަމަށް ފުލުހުން ބުންޏެވެ.
އަލީ އަފާފު ރަމީޒު
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިނގިރޭސިވިލާތް
ރިޕޯޓް