ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.6 ކިލޯގެ ޑުރަގް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން އިއްޔެ ބުނީ، އެ ތަކެތި އަތުލައިގަތީ ވައިގެ މަގުން ރާއްޖެ އެތެރެކޮށްފައިވާ ޝިޕްމަންޓެއްގައި ޑުރަގް ހުރި ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ރޭ އެ ޝިޕްމަންޓް ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
އެގޮތުން އެ ޝިޕްމަންޓުން ފެނިފައިވަނީ މެތަމްފެޓަމައިން ނުވަތަ މެތު ކަމަށާއި އެ ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 7.2 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަތުލައިގެން ޑުރަގް ފުލުހުންނާ ހަވާލުކޮށްފައިވާ އިރު، އެ ޝިޕްމަންޓް ގެނެސްފައިވަނީ ކޮން ކުންފުންޏަކުން އަދި ކޮން ގައުމަކުން ކަމެއް ކަސްޓަމަކުން ނުބުނެއެވެ.
މުހައްމަދު ސިމާއު
މޯލްޑިވްސް ކަސްޓަމްސް ސާވިސް
މޯލްޑިވްސް ކަސްޓަމްސް ސާވިސް
މޯލްޑިވްސް ކަސްޓަމްސް ސާވިސް