ގދ. ފިޔޯރީބަނދަރު އަޕްގްރޭޑް ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ދަށުން ބަނދަރު ފުން ކުރުމުގެ މަސައްކަތް ކުރިޔަށްގެންދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން އިއްޔެ ބުނީ އެ މަސައްކަތުގެ ދަށުން ކުއޭ ވޯލް ބްލޮކްތައް (އެއްގަމުތޮށި) ހަރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ފިޔޯރީގެ ބަނދަރުގެ މަސައްކަތުގެ އަގަކީ 33.36 މިލިއަންއެ ރުފިޔާއެވެ.

19 މެއި 2025: ގދ. ފިޔޯރީބަނދަރު އަޕްގްރޭޑް ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް --- ފޮޓޯ/ އެމްޓީސީސީ

ފިޔޯރީ ބަނދަރު މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް:

  • 26,750 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުން
  • 18,300 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން
  • 155 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން
  • 281 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 166 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުން
  • 760 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން
  • ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުން
  • މޫރިން ބޮއެ ހަރުކުރުމުގެ މަސައްކަތް