ގދ. ފިޔޯރީގައި ގާއިމުކުރާ ދަޅުގައި މަސް ބަންދުކުރާ ކާރުހާނާއަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.
އެ މަޝްރޫއު ރަސްމީކޮށް ފައްޓަވައިދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ.
އެ ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމާއި، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބްގެ އިތުރުން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އަޝްރަފް ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.
އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިއިރު ސަރުކާރުން ވަނީ މަޝްރޫއުގެ ފަރުމާއަށް ބޮޑެތި އަދި މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކުރިން ރޭވިފައި އޮތް 1,500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ ގާބިލުކަން 3,000 މެޓްރިކް ޓަނަށް މިހާރު ވަނީ އިތުރުކޮށްފައެވެ. އަދި ދުވާލަކު 100 ޓަނުގެ މަސް ދަޅުގައި ބަންދުކުރާ ކާރުހާނާއަކާއި، ދުވާލަކު 100 ޓަނުގެ މަސްކުނޑި އުފައްދާ ފިޝްމީލް ޕްލާންޓެއް އެ މަޝްރޫއުގެ ދަށުން ގާއިމުކުރުމަށް ވަނީ ނިންމައިފައެވެ.
އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތްތައް، ކަނޑައަޅާފައިވާ މުއްދަތަށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.
އާއިޝަތު މާހާ
ގދ. ފިޔޯރީ
ގދ. ފިޔޯރީ
ގދ. ފިޔޯރީ
ގދ. ފިޔޯރީ