ގދ. ފިޔޯރީގައި ދާ ޖާހައިގެން މަސް ހިފަން ގޮސް އުޅުނު މީހަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ ފިޔޮރީގައި ދާޖަހައިގެން މަސް ހިފަންގޮސް އުޅުނު މީހަކު ގެނބިގެން އުޅޭކަމުގެ މައުލޫމާތު މިއަދުގެ 13:42 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މީހާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އެ ހާދިސާގައި މަރުވެފައި ވަނީ އެ ރަށު ގަހާކޯޅި، މުހައްމަދު ހުސައިން (79އ) އެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.