އެފްއޭއެމްއިން ރާވައި އިންތިޒާމުކުރަމުން އަންނަ އެފްއޭއެމް ލީގު ކަޕް 2025 ގެ ލީގު ބުރުގައި ރޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކުޅުނު މެޗުގައި އޮޑި ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.
ރޭ ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ނިއުއިން އޮޑި ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަށް ނުކުތް އިރު، ޕޮއިންޓަކާއެކުވެސް ނިއުއަށް ސެމީ ޔަގީން ކުރެވެން އޮތް އިރު، އޮޑިއަށް އޮތީ ސެމީ ޔަގީންވެފައެވެ.
ބާކީ ދެމެޗު ލީގު ބުރުގައި އޮތް އިރު، ކަޓާފައި ވަނީ މަހިބަދޫ ސްޕޯޓްސް ކްލަބެވެ. މިވަގުތު ޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެއް ވަނައިގައި އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި އޮތް ނިއުއަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް އޮޑިއާއި ހަތަރެއްގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ.
އޮޑިއަށް އަދި މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗު ބާކީ އޮތް އިރު، ދެން ޓީސީއަށް މެޗެއް ނެތެވެ. މަހިބަދުއަށް އަދި ބާކީ މެޗެއް އޮތް ނަމަވެސް، ދެން ސެމީގެ ފުރުސަތެއް ނެތެވެ.
ނިއުއިން ރަނގަޅަށް ރޭގެ މެޗު ފަށާފައިވާ އިރު، މެޗުގެ 18 ވަނަ މިނެޓުގައި އެޓީމަށް ގޯލު ޖަހައިދިނީ ތޯރިކް ޖެބްރިންއެވެ. އޭގެފަހުންވެސް ނިއުއިން ބޮޑަށް ނުރައްކާ ކުރި އިރު، އެޓީމުން ތިން ޕޮއިންޓް ޔަގީންކުރީ ދެވަނަ ހާފުގައި އިބްރާހީމް ރިޒްހާން (ރިޒްކޮ) ޖެހި ގޯލުންނެވެ.
އެފްއޭއެމް ލީގު ކަޕް
އެފްއޭއެމް ލީގު ކަޕް
އެފްއޭއެމް ލީގު ކަޕް
އެފްއޭއެމް ލީގު ކަޕް