ސްޕެއިންގެ ތަރި ލެމީން ޔަމާލްގެ މޮޅު ކުޅުމާއެކު އެސްޕަނިޔޯލް ބަލިކޮށް، ބާސެލޯނާއިން ސްޕެނިޝް ލަ ލީގާގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ރޭ ރަށުން ބޭރުގައި ބާސާއިން ކުޅުނު ޑާބީގައި އެސްޕަނިޔޯލް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މިއީ ބާސާއިން ލީގު ތަށި ހޯދި 28 ވަނަ ފަހަރެވެ. މިފަހަރު ބާސާއިން ލީގު ޔަގީންކުރީ ދެ މެޗު ބާކީ އޮއްވައެވެ.
މިވަގުތު ބާސާ އެއްވަނައިގައި އޮތީ 36 މެޗުން 85 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ރެއާލް މެޑްރިޑް އޮތީ 36 މެޗުން 78 ޕޮއިންޓާއެކުގައެވެ. ދެޓީމުގެ ދެމެޗުގައި ހަތް ޕޮއިންޓްގެ ފަރަގެއް އޮތުމާއެކު، ދެން ރެއާލަށް ބާސާ އަތެއް ނުވާނެއެވެ.
ބާސާއިން 2022-23 ވަނަ އަހަރުގެ ސީޒަނަށްފަހު އަނެއްކާވެސް ލީގު ޔަގީންކޮށްފައިވާ އިރު، ރޭގެ މެޗުގައިވެސް އެޓީމުގެ ތަރިއަކީ އުމުރުން 17 އަހަރުގެ ޔަމާލެވެ. މި ސީޒަނުގެ ބޮޑު ބައެއްގައިވެސް ބާސާގެ ތަރިއަކަށް އޭނާ ވެގެން ގޮސްފައިވާ އިރު، ދެވަނަ ހާފުގައި އެޓީމަށް ލީޑު ނަގައިދިނީވެސް ޔަމާލެވެ.
އޭރިއާ ބޭރުން، ރޮނގުމަތިން ކަހަލަ ގޮތަށް ޔަމާލް ބާސާއަށް ލީޑު ނަގައިދިނީ ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.
އެ ގޯލާއެކު ބާސާއިން ތަށި ޔަގީންކުރުމަށް މިސްރާބު ޖެހި އިރު، އެޓީމުގެ ދެވަނަ ގޯލެއް ޖެހީ ފާމިން ލޮޕޭޒެވެ. އެ ގޯލާއެކު ބާސާއިން ތަށި ޔަގީންކުރި އިރު، ރޭގެ މެޗުގެ ފަހުކޮޅުގައި އެސްޕަނިޔޯލްގެ ޑިފެންޑަރު ލެއާންޑްރޯ ކަބްރޭރާއަށް ރަތް ކާޑު ދައްކާފައިވެއެވެ.
ބާސާއާއި އެސްޕަނިޔޯލް ރޭ ކުޅުނު މެޗުގެ ފެށުން ކުޑަ ވަގުތު ކޮޅަކަށް ލަސްވިއެވެ. އެއީ ސްޓޭޑިއަމް ބޭރުގައި ހިނގި އެކްސިޑެންޓެއްގެ ސަބަބުންނެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ