ސްޕެނިޝް ލީގުގެ ދެވަނައިގައި އޮތް ރެއާލް މެޑްރިޑުން ރޭ މާޔޯކާ ކައިރިން މޮޅުވުމާއެކު ލީގު ތަށި ހޯދުމަށް ބާސެލޯނާ އަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.
ބާސާ އިން މި ވަގުތު ލީގު ތަށި ހޯދުމަށް ބޭނުން ވަނީ އެންމެ މޮޅެކެވެ. ރެއާލް ރޭ ބަލިވި ނަމަވެސް ތަށި ޔަގީން ކުރެވެން އޮތް ނަމަވެސް، އެކަން ނުވެ އޮތްއިރު، މިރޭ އެސްޕަނިޔޯލް ބަލިކޮށް ބާސާއަށް ތަށި ހޯދުމަށް ފުރުސަތު އެބަ އޮތެވެ.
ރޭ ރެއާލުން ފަހަތުން އަރައި 2-1 އިން މޮޅުވި އިރު، އެ ޓީމު ތާވަލުގެ ދެވަނައިގައި އޮތީ 36 މެޗުން 78 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި 35 މެޗުން 82 ޕޮއިންޓާއެކު ބާސާ އޮތްއިރު، އެ ޓީމަށް ތައްޓަށް ބޭނުން ވަނީ ކުޑަ ހިތްވަރެކެވެ.
ރޭގެ މެޗުގައި ފުރަތަމަ ލީޑު ނެގީ ރެއާލުންނެވެ. މާޓިން ވަލްޖެންޓް ޖެހި އެ ގޯލާއެކު މާޔޯކާ އިން ލީޑު ނަގާފައިވާއިރު، ފުރަތަމަ ހާފުގެ ފަހު ބައިގައިވެސް ހޯސްޓް ރެއާލުން ވަނީ ނުރައްކާ ކޮށެވެ.
ރެއާލަށް އަނިޔާގެ ބޮޑުތި މައްސަލަތަކަކާ ކުރިމަތިވެފައިވާ އިރު، ރޭގެ މެޗުގައި ޓީމުގެ ޑިފެންސުން ޖޭކޮބޯ ރަމޯންއާއި ފްރާންސިސްކޯ ގާސިއާވެސް ފެނިގެން ގޮސްފައިވެއެވެ.
ރެއާލުން ނުރައްކާ ކުރަމުން ގޮސް، މެޗުގައި އެ ޓީމުގެ ފުރަތަމަ ގޯލު ޖެހީ ކިލިއަން އެމްބާޕޭއެވެ. 68 ވަނަ މިނެޓުގައި އޭނާ ގޯލު ޖަހައި މެޗު އެއްވަރު ކޮށްދިންއިރު، ފަހު މިނެޓުގައި ރެއާލްގެ ލީޑު ނަގައި ދިނީ ރަމޯންއެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ