ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް މެންބަރަކު އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަންތައް، އިތުރަށް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވައިފިއެވެ.
ބްރޯޑްކޮމްއަށް މެންބަރަކު އައްޔަން ކުރެއްވުމަށް ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވީ އެ ކޮމިޝަންގައި މިހާރު ތިއްބެވި މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އައިމިނަތު އަމީނާގެ މެންބަރުކަމުގެ މުއްދަތު އަންނަ ޖޫން މަހުގެ 14ގެ ނިޔަަލަށް ހަމަވާތީއެވެ.
ބްރޯޑްކޮމްއަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރި އިއުލާނާ ގުޅިހެން ހަ ބޭފުޅެއްގެ ނަން ރައީސް މުއިއްޒު އިސްކަން ދެއްވާ ތަރުތީބުން ވަނީ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވައިފައެވެ.
ރައީސް މަޖިލީހަށް ފޮނުއްވި ނަންތައް:
- ގދ. ތިނަދޫ/ މަލަ، ޒައްމަތު އަހުމަދު ވަހީދު
- ވ. މަށިވެލި/ އިބްރާހިމް އަޝްރަފް
- މ. ހާވިލާ/ މޫސާ ރިލްވާން
- ގދ. ގައްދޫ/ އަތިރީގެ، ޒީނާ ޒާހިރު
- ޅ. ހިންނަވަރު/ ބާރަނާ އަލީ ޔޫސުފް
- ސ. ހިތަދޫ/ އާސްޓްރަލްގެ، ޝިމްލާ އަހުމަދު
މި މައްސަލަ ދިރާސާ ކުރުމަށްފަހު، ބްރޯޑްކޮމްއަށް އައްޔަންކުރާނެ މެންބަރަކު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް އެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
އިބްރާހިމް ޒަކީ
ބްރޯޑްކާސްޓިން ކޮމިޝަން
ބްރޯޑްކާސްޓިން ކޮމިޝަން
ބްރޯޑްކާސްޓިން ކޮމިޝަން
ބްރޯޑްކާސްޓިން ކޮމިޝަން