ޕާކިސްތާނާއި އިންޑިއާއަށް އދ އިން މަރުހަބާ ކިޔައިފިއެވެ.
އދ. އިން މަރުހަބާ ކިޔާފައި މި ވަނީ، ޕާކިސްތާނާއި އިންޑިއާއިން ކުރަމުންދިޔަ ހަނގުރާމައިގެ ހަމަލާތައް ހުއްޓާލުމަށް ދެ ގައުމުން ހޮނިހިރު ދުވަހު ނިންމުމުންނެވެ.
އދ.ގެ ތަރުޖަމާނު ސްޓެފައިން ޑުޖަރިކް ނެރުނު ބަޔާނެއްގައި ވަނީ ޕާކިސްތާނާއި އިންޑިއާއިން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވުމަކީ އެ ދެގައުމު ދެމެދު އުފެދިފައިވާ ނުތަނަވަސްކަމަށް ލުޔެއް ލިބޭނެ ކަމެއް ކަމަށާއި އެ އެއްބަސްވުމާއެކު އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް މަރުހަބާ ދަންނަވާކަމަށް ފާހަގަ ކުރައްވައިފައެވެ.
ޑުޖަރިކް ނެރުނު ބަޔަނުގައި ވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުން ދިގު މުއްދަތަކަށް ދެމިގެން ގޮސް ދެގައުމު ގުޅޭ ބޯޑަރު ސަރަހައްދު އަމާންވެ އުފާވެރި މާހައުލެއް ގާއިމް ވުމަށް އެދޭކަމަށް ބުނެފައެވެ.
ޑުޖަރިކް ވިދާޅުވީ އަމަންއަމާންކަމަށާއި ސުލްހަ މަސަލަސްކަން ގާއިމުވެފައި އޮތުމަކީ އަބަދުމެ މުހިންމު ކަމެއް ކަމަށާއި އެކަމަށް މަގުފަހިކުރުމަށް އދ. އިން އަބަދުވެސް އެހީތެރިވެދޭނެ ކަމަށެވެ.
ޕާކިސްތާނާއި އިންޑިއާގެ މަޝްރަހު ގޯސްވެ ދެ ގައުމުންވެސް ވަރުގަދަ ހަމަލާތަކެއް ކަޝްމީރު ގުޅޭ ބޯޑަރު ހިމެނޭ ސަރަހައްދުގައި ދީފައިވާއިރު ދެ ގައުމަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
އެމެރިކާ މެދުވެރިވެ ޕާކިސްތާނާއި އިންޑިއާއާ ދެމެދު ކުރިޔަށްގެންދިޔަ މަޝްވަރާތަކަށްފަހު ހަމަލާ ބަދަލުކުރުން ހުއްޓާލާފައިވީ ނަމަވެސް އެކަމުގައި އެއް ގައުމުން އަނެއް ގައުމަށް ދަނީ އެއްބަސްވުމާ ހިލާފު ވަމުން ދާކަމަށް ތުހުމަތު ކުރަމުންނެވެ.
މުހައްމަދު އައުޒަމް
މާރާމާރީ
މާލެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް