ލީގު ނުފެށި ލަސްވެގެން ދިޔުމާއެކު އެފްއޭއެމްއިން ރާވާ އިންތިޒާމުކުރަމުންދާ އެފްއޭއެމް ލީގު ކަޕް 2025 ގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅުނު ދެވަނަ މެޗުގައި ރޭ ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.
ގައުމީ ދަނޑުގައި ރޭ ކުޅުނު މެޗުގައި މާޒިޔާއިން ޓީސީ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަށް މާޒިޔާއިން ނުކުތީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފައި އޮވެގެންނެވެ. ޓީސީން ފުރަތަމަ މެޗުގައި އޮޑިއާ އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ.
ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، އެޓީމަށް ގޯލެއް ޖެހެނޭ ގޮތެއް ނުވިއެވެ. ނާއިޒު ހަސަން (ދާދު)އާއި ހަމްޒާ މުހައްމަދު (ހަމްޕު) ގެ ހަމަލާތައްވެސް ފެނިގެން ގޮސްފައިވާ އިރު، ޓީސީ ކީޕަރު ސްރީ ލަންކާގެ ސުޖާން ޕެރޭރާ ވަނީ މުހިއްމު ސޭވްތަކެއް ކޮށްފައެވެ.
ދެވަނަ ހާފުގައި މާޒިޔާއަށް އޮއިވަރު ބަދަލުކޮށްލީ ބަދަލަކަށް ނުކުތް ދެކުޅުންތެރިންނެވެ. އުމުރުން އެންމެ 16 އަހަރުގެ އިލާން ޖެހިޖެހިގެން ދެވަނަ މެޗުގައި ގޯލު ޖެހި އިރު، ރޭ ބަދަލަކަށް އަރައި އޭނާ ޖެހި ގޯލުގެ އިތުރުން ދެން އެޓީމަށް ގޯލު ޖަހައިދިނީ އަހުމަދު އައިހަމްއެވެ.
އެފްއޭއެމް ލީގު ކަޕް
އެފްއޭއެމް ލީގު ކަޕް
އެފްއޭއެމް ލީގު ކަޕް
އެފްއޭއެމް ލީގު ކަޕް