ރ. އުނގޫފާރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 68 ޕަސެންޓު މަސައްކަތް ނިންމާލައިފިއެވެ.

އެ މަސައްކަތުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އުނގޫފާރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ދަނީ ފަސޭހަކަމާއެކު ކުރިއަށް ކަމަށެވެ.

އެމަސައްކަތުގެ ތެރެއިން ރިވެޓްމަންޓް ޕްރޮފައިލިންގެ މަސައްކަތް 26 ޕަސެންޓު ކުރިއެރުމާއެކު މިހާރު ވެސް އެ ތަނުގައި މަސައްކަތް ހަލުވި ކަމާއެކު ކުރިޔަށްގެންދާ ކަމަށެވެ.

އުނގޫފާރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން، 10 ހެކްޓަރުގެ ބިން ހިއްކުމާއި 838.60 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި 75 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

އެ މަޝްރޫއަކީ 71.08 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އުނގޫފާރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ 2022 އޮގަސްޓް 23 ގައެވެ.