ރ. އުނގޫފާރު މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާލާފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން ބުނެފި އެވެ.
ރ. އަތޮޅުގެ ވެރިކަން ކުރާ ރަށް، އުނގޫފާރުގެ މައި މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަޝްރޫއު ވެސް ކުރިއަށް ގެންދިޔަ އެމްޓީސީސީއާ އެ މަޝްރޫއުގެ ދެވަނަ ފިޔަވަހި ހަވާލުކުރީ 4 ނޮވެމްބަރު 2021ގައެވެ. އެއީ 21 މިލިއަން ރުފިޔާއަށެވެ.
އެ މަޝްރޫއުގެ ދަށުން 8،626.55 އަކަ މީޓަރުގެ ތާރު އަޅާފައިވާ ދުއްވާ ސަރަހައްދެއް ހަދާފައިވާއިރު 2،537.75 އަކަ މީޓަރުގެ ޕޭވްމަންޓް ހަދާފައިވެ އެވެ. އަދި ސާވިސް ލައިން އާއި މަގުމަތީ ނިޝާންތައް ހަރުކޮށް، މަގުމަތީ ކަފިހިހުރަސް ކުރަހައި ފެން ހިންދާ ނިޒާމެއްވެސް ވަނީ ގާއިމުކޮށްފަ އެވެ.
އެމްޓީސީސީން ބުނީ އުނގޫފާރު މަގުތައް ތަރައްގީކޮށް ނިމުމުން އެ ރަށުގެ ރައްޔިތުންނަށާއި އެ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހޫނުގަދަ މޫސުންތަކުގައި މަގުތައް ހިރަފުސްވުމުންނާއި ވިއްސާރަ ދުވަސްތަކުގައި ކިސަޑު ހެދި މަގުތައް ޗަކަވުމުން ނިމުމަކަށް އަންނާނެ ކަމަށެވެ. އަދި މީގެ ކުރިން ހުންނަ އަނޑިގުޑަންތައް ނެތުމުން މަގުގައި ހިނގާ މީހުންނަށާއި އެއްގަމުގައި ދުއްވާ އުޅަނދުތަކަށް ފަސޭހަތަކެއް ލިބޭނެ ކަމަށް ބުންޏެވެ.
ފާތިމަތު ލިއުޝާ
އުނގޫފާރު
އުނގޫފާރު
އުނގޫފާރު
އުނގޫފާރު