އުރީދޫ ނޭޝަން އިންޓަ ރިސޯޓް އީސްޕޯޓްސް ޗެމްޕިއަންޝިޕް 2025 މި ހަފުތާގެ ބަންދުގައި ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.

އަންނަ ހުކުރު ދުވަހުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ މުބާރާތަކީ ރިސޯޓް ކޮމިއުނިޓީއަށް ހާއްސަކޮށްގެން ބާއްވާ މިފަދަ ފުރަތަމަ މުބާރާތެވެ.

އުރީދޫން ބުނީ އެ މުބާރާތުގައި 10 ރިސޯޓަކުން 16 ޓީމެއް ވާދަކުރާނީ އެންމެ މަގުބޫލު ދެ މޮބައިލް އީސްޕޯޓްސް ޓައިޓަލް ކަމަށްވާ މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި ޕަބްޖީ މޮބައިލް (ޕަބްޖީއެމް) ގައި ކަމަށެވެ.

އެ ޗެމްޕިއަންޝިޕް ކުރިއަށްދާނީ އޮންލައިންކޮށް ކަމަށާއި އެ މުބާރާތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރަމުންދާ އީގޭމިންއަށް ޝައުގުވެރިވަ ފަރާތްތަކުގެ މެދުގައި ޑިޖިޓަލް އެންގޭޖްމަންޓާއި އިންކްލޫޝަން އަދި ރަހުމަތްތެރި ކަމުގެ ވާދަވެރިކަން އިތުރުވެގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.

މުބާރާތުގެ ފޯމެޓާއި ހައިލައިޓްސް:

  • އެމްއެލްބީބީ: ނޮކްއައުޓް ބުރުތައް ހިމެނޭ ސިންގަލް އެލިމިނޭޝަން ބްރެކެޓެއް، ހުކުރު ދުވަހުގެ ރޭ ސެމީ ފައިނަލް މެޗާއި ހޮނިހިރު ދުވަހުގެ ރޭ ބޭއްވޭ ތިންވަނަ ޕްލޭއޮފް އަދި ގްރޭންޑް ފައިނަލް.
  • ޕަބްޖީއެމް: ބެޓްލް ރޯޔަލް ފޯމެޓެއް، ގްރޭންޑް ފައިނަލްސް ދެ ދުވަހަށް ބަހާލައިގެން، ހުކުރު ދުވަހު ހަ މެޗެއް އަދި ހޮނިހިރު ދުވަހު އިތުރު ހަ މެޗެއް.

ޕްރައިޒް ޕޫލް:

  • ޗެމްޕިއަން – 5000 ރުފިޔާ
  • ރަނަރަޕް - 3000 ރުފިޔާ
  • ތިންވަނަ - 2000 ރުފިޔާ

އުރީދޫން ބުނީ އުރީދޫ ނޭޝަންގެ ޔޫޓިއުބް މެދުވެރިކޮށް މެޗުތައް ލައިވްސްޓްރީމް ކުރުމަށް ހަމަޖެހިފައިވާ އިރު، އެ މެޗުތައް ބަލައި، ރިސޯޓުތަކުން ބައިވެރިވާ ޓީމުތަކަށް ސަޕޯޓުކުރުމަށް ހިތްވަރުދޭ ކަމަށެވެ.

އިންޓަ ރިސޯޓް ޗެމްޕިއަންޝިޕަކީ ލޯކަލް އީސްޕޯޓްސްގައި މިހާރު ހަރަކާތްތެރިވަމުންދާ ފަރާތްތައް ބާރުވެރިކޮށް ވާދަވެރި މައިދާނެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފާހަގަކޮށްލެވޭ މަސައްކަތެކެވެ.