އުރީދޫ މޯލްޑިވްސްގެ ގޭމިން ޕްލެޓްފޯމް އުރީދޫ ނޭޝަންއިން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ "އުރީދޫ ނޭޝަން އަތޮޅު އީސްޕޯޓްސް ލީގު" ގެ ދެވަނަ އެޑިޝަން 48 ޓީމާއެކު ފަށައިގެން ކުރިއަށް އެބަދެއެވެ.
މިއީ އެ ކުޅުންތެރިން ނިސްބަތްވާ ރަށްރަށާއި މުޖުތަމައު ތަމްސީލުކޮށް، ގައުމީ ފެންވަރުގެ ޕްލެޓްފޯމެއްގައި ޕަބްޖީ މޮބައިލްގެ ހުނަރު ދައްކާލުމަށް ލިބޭ ފުރުސަތެކެވެ. މި އަހަރުގެ މުބާރާތުގައި 48 ޓީމު ހަ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ އިރު، އުރީދޫ ނޭޝަން އަތޮޅު އީސްޕޯޓްސް ލީގު 2026 ގެ ޗެމްޕިއަންކަން ހޯދުމަށް ޕަބްޖީ މޮބައިލްގެ ޖުމްލަ 75 މެޗު ކުޅޭނެއެވެ.
އުރީދޫން ބުނީ އަތޮޅު އީސްޕޯޓްސް ލީގުގެ އެންމެ މުހިންމު ބޭނުމަކީ ރަށްރަށް ތަމްސީލުކުރުމުގެ ފުރުސަތު ދިނުން ކަމަށާއި މިގޮތުން ކުޅުންތެރިންނަށް އެމީހުންގެ އަމިއްލަ ރަށުގެ ނަމުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާ އިރު، މިއީ އީސްޕޯޓްސްގެ ތެރެއިން ރަށުގެ ފަހުރާއި އެކުވެރި ވާދަވެރިކަން އާލާކޮށްދޭ ކަމެއް ކަމަށެވެ. ރާއްޖޭގެ އުތުރުން ދެކުނަށް، އެންމެ ކުރި ހޯދާނީ ކޮން ރަށެއްތޯ ސާބިތުކޮށްދިނުމަށް ޓީމުތަކުން ޕަބްޖީ މޮބައިލްގައި ވަރުގަދައަށް ވާދަކުރާނެ ކަމަށް އުރީދޫން ބުންޏެވެ.
މި މުބާރާތަކީ 2025 ވަނަ އަހަރު ކާމިޔާބުކަމާއެކު ބޭއްވި ފުރަތަމަ އުރީދޫ ނޭޝަން އަތޮޅު އީސްޕޯޓްސް ލީގަށް ބިނާކޮށް ކުރިއަށްގެންދާ މުބާރާތެކެވެ. ދެވަނަ އެޑިޝަނާއެކު އުރީދޫ ނޭޝަންގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކުޅުންތެރިންނަށް އިންތިޒާމުވެފައިވާ މުބާރާތްތަކުގައި ބައިވެރިވެ، ހުނަރު ތަރައްގީކޮށް އަދި އަގުހުރި ވާދަވެރި ތަޖުރިބާތަކެއް ހޯދައިދީގެން ރާއްޖޭގެ ގޭމިން ދާއިރާ އިތުރަށް ހަރުދަނާކުރުމެވެ.
މުބާރާތުގެ މެޗުތައް އުރީދޫ ނޭޝަންގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްސްޓްރީމް ކުރަމުންދާ އިރު، ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ސަޕޯޓަރުންނަށް އެމީހުންގެ ރަށުގެ ޓީމުތަކަށް ސަޕޯޓްކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.
އަތޮޅު އީސްޕޯޓްސް ލީގަކީ ދިވެހި ހުނަރުވެރިން ތަރައްގީކުރުމަށާއި، ދިވެހި ގޭމަރުންނަށް މަތީ ފެންވަރުގެ ވާދަވެރި މައިދާންތަކަށް ދިއުމުގެ މަގުފަހިކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން ހާއްސަކޮށްގެން ހިންގާ ގޭމިން އަދި އީސްޕޯޓްސް ޕްލެޓްފޯމް ކަމަށްވާ "އުރީދޫ ނޭޝަން" ގެ ހަރަކާތެކެވެ.
އުރީދޫ ނޭޝަން އަތޮޅު އީސްޕޯޓްސް ލީގު 2026 އާ ގުޅޭ އިތުރު ތަފުސީލުތަކާއި، ބައިވެރިވާ ޓީމުތަކާއި މެޗުތަކުގެ ތާވަލު އުރީދޫ ނޭޝަންގެ ރަސްމީ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް އިއުލާންކުރަމުންދާނެ ކަމަށް އުރީދޫން މައުލޫމާތުދެއެވެ.
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
ކޮމެންޓް