މާލޭގެ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ ހެންވޭރުގައި ހުންނަ ގެއެއްގެ ހަތަރުވަނަ ފަންގިފިލާގެ ފާހާނާގައި މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މަރުވެފައިވަނީ ގ. ލަންކާ، އަބްދުﷲ މުފީދު، 46 އަހަރު ކަމަށް ފުލުހުން ބުންޏެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް