ފުލުހުންގެ ޓްރެއިނިން ހަދަމުންދަނިކޮށް ހާލު ދެރަވެގެން މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާދެމުން ދިޔަ ފުލުސް މީހާ މަރުވެއްޖެއެވެ.

އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މިއަދު މަރުވީ، ރެކްރޫޓް ފުލުހެއް ކަމުގައިވާ ސ. ހުޅުދޫ، ހުސައިން ގާއިސް 34އ އެވެ. އެކަން އިތުބާރު ހިފޭ މަސްދަރަކުން ވަނީ "ވަން" އަށް ކަށަވަރުކޮށްދީފައެވެ.

މިއަދު ހަވީރުގެ ވަގުތެއްގައި ގާއިސް މަރުވެފައިވާ ކަމަށް ފުލުހުން ވެސް ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.

ދ. ވާނީގައި ޓްރެއިނިން ހަދަމުންދަނިކޮށް ހާލު ދެރަވެ ގައިޝް މާލެ ގެނައީ މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

ފުލުހުން އޭރު ބުނި ގޮތުގައި، ގައިޝްއަށް ފަރުވާދެމުން ގޮސްފައިވަނީ އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގެ އެހީގެވެ. އަދި މާލެ ގެނައިއިރުވެސް އޭނާގެ ހާލު ވަރަށް ކްރިޓިކަލް ކަމަށް ފުލުހުން ބުނެފައިވެއެވެ.