ތިނަދޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އަންހެނަކު ފަރުވާއަށް މާލެއަށް ގެނެސްފިއެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ 15:47 ހާއިރު، ތިނަދޫ ހުކުރު މިސްކިތް ކައިރިން ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ ރިޕޯޓް ލިބުނު ކަމަށެވެ.
"މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން 31 އަހަރުގެ އަންހެން މީހާގެ ބޮލަށް ލިބިފައިވާ އަނިޔާގެ ސަބަބުން ހޮސްޕިޓަލް އައިސީޔޫގައި ފަރުވާ ދިނުމަށްފަހު، އެމަޖެންސީގައި ހަމަ އެ ރޭ މާލެ ގެނެސް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުން،" ފުލުހުން ބުންޏެވެ.
"އަނިޔާ ލިބުނު އަންހެން މީހާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް އާއިލާއިން މައުލޫމާތު ދީފައިވޭ،" ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި މީހާ ހާޒިރުކޮށް ތަހުގީގުގައި ވަނީ ސުވާލުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.
މުހައްމަދު އިޝާން
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް