ގައުމީ އެއާލައިން، މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުވަމުއްލަކު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ހުސައިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ފުވައްމުލަކާއި މާލެއާ ދެމެދު މޯލްޑިވިއަންއިން ކުރާ ދަތުރުތަކުގެ ޓިކެޓް އަގު ކުޑަ ކުރުމާ ގުޅޭގޮތުން މެންބަރު ކުރެއްވި ސުވާލަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، ޓިކެޓްގެ އަގު ކުޑަކުރަން ވަރަށް މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ.
"ފުވައްމުލަކާއި މާލެއާ ދެމެދު އާއްމު ގޮތެއްގައި ދަތުރުކުރާ އައިލެންޑް އޭވިއޭޝަންގެ ޓިކެޓްގެ އަގު ތިރިނުވާ މައްސަލަ، މިހާރު ހުރިހާ ހަރަދުތަކެއްވެސް އަގު ބޮޑުވަމުންދާ އިރު، ޓިކެޓްގެ އަގު ބޮޑުވެފައެއް ނެތް، ނަމަވެސް ޓިކެޓްގެ އަގު މިހާރަށްވުރެ ވެސް ތިރުކުރެވޭތޯ އެބަ ބަލަން،"
ފުވައްމުލަކާއި މާލެއާ ދޭތެރެ އިތުރު އެއާލައިނެއް އުދުހުމަށް ހުއްދައަށް އެދިފައިވޭތޯ، ކުރި ސުވާލަށް މިނިސްޓަރު ވިދާޅުވީ، އެ ފަދަ މައުލޫމާތެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.
ނަަމަވެސް ފުވައްމުލަކު އެއާ ޕޯޓްގެ ރަންވޭއަކީ ހެދޭނެ އެންމެ ދިގުމިނަށް ހަދާފައިވާ ރަންވޭއެއް ކަމަށާއި ރަންވޭ އިތުރަށް ތަރައްގީކުރަން ހަމަޖެހިފައި ނެތް ނަމަވެސް މުޅި އެއާޕޯޓް އިތުރަށް ތަރައްގީ ކުރަން ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ